ސައުތު ކޯކަސަސް ރީޖަނަލް ކޯޕަރޭޝަން ޕްލެޓްފޯމުން މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފި

Sat, 19 Oct 2024 12:57 PM

View on this article on Naares

ސައުތު ކޯކަސަސް ރީޖަނަލް ކޯޕަރޭޝަން ޕްލެޓްފޯމުން މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފި

ސައުތު ކޯކަސަސް ރީޖަނަލް ކޯޕަރޭޝަން ޕްލެޓްފޯމުން މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފިއެވެ.



އިސްތަންބުލްގައި ބޭއްވުނު 3+3 ސައުތު ކޯކަސަސް ރީޖަނަލް ކޯޕަރޭޝަން ޕްލެޓްފޯމުގެ ތިންވަނަ ބައްދަލުވުން ނިމުމަކަށް އައިސްފައިވަނީ މެދުއިރުމަތީގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، ޣައްޒާއާއި ލުބުނާންގައި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލުތައް ކުށްވެރިކުރާ ބަޔާނެއް ނެރެފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ތުރުކީ، އަޒަރުބައިޖާން، އާމީނިއާ، އީރާން އަދި ރަޝިޔާގެ ޚާރިޖީ ވަޒީރުންނެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ސަރަޙައްދީ އެއްބާރުލުމާއި ބައިނަލްއަޤްވާމީ ކަންބޮޑުވުންތަކާ ގުޅޭ ގޮތުންނެވެ.
ވަޒީރުން ވަނީ އދ. ގެ ޗާޓަރާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނާ ޚިލާފު “ނުރައްކާތެރި އަމަލުތައް” ކުށްވެރިކޮށްފައެވެ. އަދި މިފަދަ އަމަލުތަކުން ސަރަޙައްދުގެ ސުލްޙައާއި ސަލާމަތަށް ނުރައްކާވެދާނެކަމަށް ބުނެފައިވެއެވެ.

މި ބަޔާނުގައި މެދުއިރުމަތީގައި ހިނގަމުންދާ “އެންމެހައި ޙަމަލާތަކާއި އަނިޔާވެރި ޢަމަލުތައް” ވަގުތުން ހުއްޓާލުމަށް ގޮވާލައި، ހަނގުރާމައިގެ ސަބަބުން އަސަރުކޮށްފައިވާ މީހުންނަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެދިފައިވެއެވެ.
ސަރަޙައްދުގައި ޓެރަރިޒަމާއި ކުށްކުރުން އިތުރުވަމުންދާކަން ފާހަގަކޮށް، އދ. ގެ ސަލާމަތީ މަޖިލީހުގެ ކަމާބެހޭ ޤަރާރުތަކުގެ ދަށުން ހުރިހާ ބާވަތެއްގެ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް ވަޒީރުން އަލުން އަޒުމު ކަނޑައަޅާފައިވެއެވެ.
ވަޒީރުން ވަނީ މަޝްވަރާކުރުމުގެ މުހިންމުކަމާއި، ސަރަޙައްދީ އެއްބާރުލުމުގެ ފުރުޞަތުތަކާއި، މުހިންމު ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން ހުޅުވާލެވިގެން މަޝްވަރާކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
އަދި ސަރަޙައްދުގެ އެންމެހައި ޤައުމުތަކުގެ މެދުގައި ގުޅުންތައް އާދައިގެ ޙާލަތަށް ރުޖޫޢަވެ، ތަރައްޤީވަމުންދާ ކަމަށްޓަކައި އުފާ ފާޅުކޮށްފައިވެއެވެ.



More from Naares