ޕޮލިހުން ބުނަނީ ހާޒިރުކުރީ ޖިނާއި ތުހުމަތެއްގައެއް ނޫން، މައުލޫމާތު ސާފުކުރަން – ފައްޔާޒު

Thu, 28 Mar 2024 05:52 PM

View on this article on Muraasilu

ޕޮލިހުން ބުނަނީ ހާޒިރުކުރީ ޖިނާއި ތުހުމަތެއްގައެއް ނޫން، މައުލޫމާތު ސާފުކުރަން – ފައްޔާޒު

އާރުޑީސީގެ ހިޔާނާތުގެ ތަހުގީގަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ ޗެއަރޕަސަން މިއަދު ޕޮލިހަށް ހާޒިރުކުރީ ޖިނާއި ދައުވާއެއް ނުވަތަ އެނޫންވެސް ޖިނާއީ ތުހުމަތެއްގައި ނޫން ކަމަށާއި ހަމައެކަނި މައުލޫމާތު ސާފުކޮށްލަން ކަމަށް ފައްޔާޒު ވިދާޅުވެއްޖެއެވެ.



ހެންވޭރު ޕޮލިސް ބިލްޑިންގު ބޭރުގައި ހުންނަވައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ މިއަދު އޭނާ ޕޮލިހަށް ހާޒިރުކުރީ އެއްވެސް ކަހަލަ ތާކުންތާކު ނުޖެހޭ ބޭކާރު ކަމެއްގައި ކަމަށާއި ހެޕީމާކެޓު އިހުސާން (ހޯމް މިނިސްޓަރ އިހުސާން) އާއި ރައީސް މުއިއްޒު ރާވައިގެން އިދިކޮޅު ޕާޓީއާއި ރައްޔިތުން ބިރުދެއްކުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. މި ގޮތުން ފައްޔާޒު އާއި ސުވާލު ކުރީ އެމަނިކުފާނު ހިއްސާވާ ކުންފުންޏެއްގެ މައުލޫމާތު ކަމަށާއި އެކަން އޮންނާނީ މިނިސްޓަރުންގެ މާލީ ބަޔާން ހާމަކުރިއިރު އާއްމުކޮށްފައި ކަމަށެވެ. އެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުންވެސް ފެންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަނެއްކޮޅުން މި މައްސަލައަކީ މީގެ ދޮޅު އަހަރު ކުރިން ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށާއި ކުއްލިއަކަށް މަޖުލިސް އިންތިހާބު ކުރިން ޕޮލިހަށް ހާޒިރުކޮށް ބިރުދައްކާ އަބުރު ކަތިލަން މަސައްކަތް ކުރަނީ ސަރުކާރުން ސިޔާސީ އަމިއްލަ ފައިދާތަކެއް ހާސިލުކުރުމުގެ ބޭނުމުގައި ކުރަމުންދާ ކަމެއް ގެ ގޮތުގައި ކަމަށް ފައްޔާޒު ތުހުމަތު ކުރެއެވެ.



More from Muraasilu