މަޖުލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ހަވާ އަރުވަނީ

Mon, 22 Apr 2024 06:15 PM

View on this article on Muraasilu

މަޖުލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ހަވާ އަރުވަނީ

ޕީއެންސީއަށް ރައްޔިތުންގެ މަޖުލީހުގެ ސުޕަ މެޖޯރިޓީ ލިބުމުގެ އުފަލުގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ވެސް ވަނީ މައުލޫމާތުދީފައެވެ. އެ ފަރާތުން ބުނެފައިވަނީ އެއީ އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުސޫލުން ސިފްކޯއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.



ޕީއެންސީން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ރައްޔިތުންގެ މަޖުލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ހާއްސަ ހަރަކާތްތަކެއް އާޓިފިޝަލް ބީޗުގައި ކުރިއަށްދާނެ ކަމަށާއި، ހަރަކާތްތަކުގައި ބައިވެރިވުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ދައުވަތުއަރުވާ ކަމަށެވެ.

ރައްޔިތުން މަޖުލީހުގެ ވަގުތީ ނަތީޖާތައް ދައްކޮާ ގޮތުން ވެރިކަންކުރާ ޕީއެންސީއަށް ރައްޔިތުންގެ މަޖުލީހުގެ ސުޕަ މެޖޯރިޓީ 68 ގޮނޑި ލިބެއެވެ.



More from Muraasilu