ނަޝީދު ދެއްކި ވާހަކައިގެ ސަބަބުން އަމުރު ކެމްޕޭނު ޓީމުގެ ގިނަ ބަޔަކު ފާރިސްއަށް ތާއިދު ކުރަން ނިންމައިފި

Sat, 20 Apr 2024 08:49 PM

View on this article on Muraasilu

ނަޝީދު ދެއްކި ވާހަކައިގެ ސަބަބުން އަމުރު ކެމްޕޭނު ޓީމުގެ ގިނަ ބަޔަކު ފާރިސްއަށް ތާއިދު ކުރަން ނިންމައިފި

ޑިމޮކްރެޓްސް ގެ ކެމްޕޭނު ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ރޭ ދެއްކި ވާހަކައިގެ ސަބަބުން ހުސެއިން އަމުރަށް ތާއިދުކޮށް ވޯޓު ހޯދުމަށް ކެޕޭނު ކުރަމުންދިޔަ ގިނަ ބަޔަކު އެ ދާއިރާއަށް ވާދަކުރާ ފާރިސް މައުމޫނަށް ތާއިދުކުރަން ނިންމައިފިއެވެ. ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދަކުރުމަށް ފަހު، ރައްޔިތުންގެ މަޖުލީހުގެ ކެމްޕޭނު ޖަލްސާއަށް ރާއްޖެ އައިސް ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ނަޝީދު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ނަޝީދުގެ ވާހަކައަށް ހިތްހަމަ ނުޖެހުނު މީހުން ބުނަނީ މިހާރުވެރިކަމުގައި އޮތީ އެމްޑީޕީން ނޫން ކަމަށާއި ރައީސް މުއިއްޒުގެ ވެރިކަމުގައި މިވީ ދުވަސްތަކުގެ އެއްވެސް ވާހަކައެއް ނުދައްކާ، ރޭގެ ޖަލްސާގައި ނަޝީދު ވަނީ ސަރުކާރު ކެންޑީޑޭޓުންނަށް ކެމްޕޭނު ކޮށްފައެވެ.



މައްޗަންގޯޅި އުތުރު ދާއިރާއަކީ މި ފަހަރު އިންތިހާބުގައި އެންމެ ފޯރި ގަދަ އެއް ދާއިރާއެވެ. އެ ދާއިރާއިން ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު އަނބިކަނބަލުން ސާޖިދާގެ ބޭބެ އިބްރާހިމް މުހައްމަދު (ޖަނާބު އިއްބެ)އެވެ. ރައީސް މައުމޫނުގެ ތާއީދާއެކު ފާރިޝް މައުމޫން ވާދަކުރަމުންދާއިރު އެމްޑީޕީން ވާދަކުރަނީ އެ ދާއިރާގެ ސިޔާސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި ލިރުގާމެވެ. ނަޝީދުގެ ޑިމޮކްރެޓްސްއިން ވާދަކުރަނީ ހުސެއިން އަމުރެވެ.

ހުސެއިން އަމުރަށް ތާއިދުކުރާ ގިނަ ބަޔަކީ ސަރުކާރު ކެންޑީޑޭޓަށް ތާއިދުކުރަން ބޭނުންނުވާ މީހުންނެވެ. އެމީހުން ބުނާ ގޮތުން މީގެ ކުރިން އަމުރަށް ގިނަ އަދަދެއްގެ ވޯޓު ލިބެން އޮތީ އެކި ފިކުރުތަކުގެ މީހުންގެ ފަރާތުންނެވެ. ނަމަވެސް ނަޝީދުގެ ސަބަބުން ހުސެއިން އަމުރުގެ ކެމްޕޭނަށް ވަނީ ހީނުކުރާވަރުގެ ގެއްލުމެއް ލިބިފައެވެ.

މައްޗަންގޯޅިގައި ސިޔާސީ ހަރަކާތްކުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުނީ ”އަހަރުމެން ވާނީ ފާރިޝްއަށް އަންގާފަ މި ކޮޅު އެންމެން ދެން ވޯޓު ދޭނީ ފާރިޝްއަށް ކަމަށް، ހުސެއިންއަމުރު އެ ހިނގަނީ ނަޝީދުވެސް ހިނގާ މަގުން، އެކަހަލަ މީހަކަށް އަހަރުމެން ގެ ތާއިދެއްނެތް“



More from Muraasilu