ޗީފް އޮފް ޑިފެންސް ފޯސް ގެ މަގާމަށް އިބްރާހީމް ހިލްމީ އައްޔަންކޮށްފި

Thu, 18 Apr 2024 02:20 PM

View on this article on Muraasilu

ޗީފް އޮފް ޑިފެންސް ފޯސް ގެ މަގާމަށް އިބްރާހީމް ހިލްމީ އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ.މުހައްމަދު މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސް ގެ މަގާމަށް, މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ޢައްޔަންކުރައްވައިފިއެވެ.

މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވާފައި ވަނީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުންގެންދެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމު އަބްދުއްލަތީފު 17 އެޕްރީލް 2024 ގައި ރިޓަޔަރކުރެއްވުމާއި ގުޅިގެންނެވެ.

މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.



މީގެ އިތުރުން މިއަދު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ގިޔާސް އައްޔަންކުރައްވާފައެވެ.



More from Muraasilu