ވީބީ ހަސަން ގެ ކެންޑިޑެންސީ ސްޕްރީމު ކޯޓުން ބާތިލުކޮށްފި

Thu, 28 Mar 2024 05:12 PM

View on this article on Muraasilu

ވީބީ ހަސަން ގެ ކެންޑިޑެންސީ ސްޕްރީމު ކޯޓުން ބާތިލުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖުލީހަށް މާލޭ މެދުހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ހަސަން ޝިޔާމު (ވީބީ ހަސަން) ގެ ކެންޑިޑެންސީ ސްޕްރީމު ކޯޓުން ބާތިލުކޮށްފިއެވެ.



ސްޕްރީމް ކޯޓުން މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ހަސަން ގެ ސާބިތު ދަރަންޏެއް އޮވެފައި އެ ދަރަނި ދައްކަމުން ނުދާތީވެ، ހަސަން ގެ ކިބައިގައި ރައްޔިތުންގެ މަޖުލީހަށް ކުރިމަތިލާ ފަރާތްތަކުން ހުންނަން ޖެހޭ ސަރުތެއް ހަމަ ނުވާ ކަމަށެވެ. ރައްޔިތުންގެ މަޖުލީހަށް ކުރިމަތިލާ ފަރާތްތަކުގެ ސަރުތުތަކުގެ ތެރޭގައި ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ގަވައިދުން ނުދައްކާ ފަރާތްތަކަށް ރައްޔިތުންގެ މަޖުލީހުގެ އިންތިހާބުގައި ވާދައެއް ނުކުރެވެނޭއެވެ.

ހަސަންއަށް ނިނސްބަތްވާ ދަރަންޏަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ކްރިސްޓަލް ލެގޫން ރިސޯޓަށް 2006 ވަނަ އަހަރު ދޫކުރި 10 މިލިއަން ޑޮލަރާއި 2008 ވަނަ އަހަރު ދޫކުރި 64 މިލިއަން ރުފިޔާގެ ލޯނުގެ މުއްދަތު ހަމަވިއިރު އެ ލޯނު ދައްކާފައިނުވާއިރު، އެ ލޯނަށް ގެރެންޓީ ދިން 11 ފަރާތުގެ ތެރޭގައި ހަސަން ވެސް ހިމެނެ އެވެ

އެ ދެ ލޯނަށް ޔަގީންކަން ދިން ފަރާތްތަކުން އެ އަށް ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައަޅައިދޭން ސިވިލް ކޯޓަށް އެސްބީއައި އިން ހުށަހެޅި ދައުވާގައި އެ ކޯޓުން ހުކުމް ކޮށްފައި އޮތީ 8 މަސް ދުވަސް ތެރޭ ލޯނުގެ ފައިސާ އާއި އިންޓްރެެސްޓާއި ޖޫރިމަނާއާ އެކު ދައްކައި ހަލާސް ކުރުމަށެވެ. އެ ހުކުމް އިއްވާފައިވަނީ ލޯނަށް ގެރެންޓީ ދިން 11 މީހުންގެ މައްޗަށެވެ.

މި ހުކުމްއާ އެއްްގޮތަށް މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ވެސް އެސްބީއައި އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތްތައް އެ ކޯޓުން ކުރަމުން އަންނައިރު، ލޯނަށް ރަހުނުކުރި ދެ ރިސޯޓެއް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އޮތީ ދީފަ އެވެ.

ރައްޔިތުންގެ މަޖުލީހަށް ވާދަކުރުމަށް އެންމެ ފުރަތަމަ ކެމްޕޭނު ފެށި އެއް ކެންޑީޑޭޓަކީ ހަސަންއެވެ. މީގެ ކުރިން ޕީޕީއެމް ޕީއެންސީ ޓިކެޓުގައި މަޖުލީހުގެ މެދު ހެންވޭރު ދާއިރާއަށް ވާދަކުރުމަށް ހުށައެޅުމުން، ޕީއެންސީން ވަނީ ހަސަންއަށް ޓިކެޓު ދޭން ދެކޮޅުހަދައި، ޕްރައިމަރީގައިވެސް ވާދަނުކުރެވޭ ގޮތް ހަދާފައެވެ. އޭގެ ފަހުން ހަސަން މަޖުލީހުގެ ކެމްޕެއިނުފެށީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ހަސަންގެ ކެންޑިޑެންސީ އީސީން ބަލައިގަތުމުން އެކަމާ ދެކޮޅަށް ކޯޓަށް ހުށައެޅީ މެދުހެންވެރިު ދާއިރާގެ މީހާރުގެ މެމްބަރު އަދި މި ފަހަރުވެސް އެ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަލީ އާޒިމްގެ ކޮއްކޮ އިލްޔާސް އަހުމަދެވެ.



More from Muraasilu