މިދިޔަ ރޯދަމަހު ކީރިތި ގުރުއާން އެއްކޮށް ކިޔެވިން – ވިލް ސުމިތު

Tue, 19 Mar 2024 06:01 PM

View on this article on Muraasilu

މިދިޔަ ރޯދަމަހު ކީރިތި ގުރުއާން އެއްކޮށް ކިޔެވިން – ވިލް ސުމިތު

ގުރުއާން ކިޔެވުމުން ހަށިގަނޑާއި ސިކުނޑިއަށް ހަމަޖެހުމާއި ހިތްހަމަޖެހުން ގެނެސްދޭ ކަމަށް ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ވިލް ސުމިތު ބުނެފިއެވެ.



މިސްރުގެ ނޫސްވެރިއެއް ކަމަށްވާ އަމްރު އަދީބު ގެ ޕޮޑްކާސްޓު ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ވިލު ސުމިތު ބުނީ މިދިޔަ ރޯދަމަހު ކީރިތި ގުރުއާން އެއްކޮށް ކިޔަވާ ނިންމާލި ކަމަށާއި ގުރުއާނަކީ އެއްގޮތަކަށްވެސް ކިޔަން އުނދަގޫ ފޮތެއް ނޫން ކަމަށެވެ.

މި ދެ އަހަރަކީ ވިލް ސުމިތުގެ ހަޔާތުގައި ބޮޑެތި ކަންތައްތަކެއް ދިމާވެފައިވާ ދުވަސްކޮޅެކެވެ. މި ގޮތުން އޮސްކާ އެވޯޑު ހަފްލާގައި ކްރިސް ރޮކްއަށް ހަމަލާދިން މައްސަލާގައި އޮސްކާގެ ހުރިހާ ހަފްލާއަކުން ވިލް ސުމިތުވަނީ ސަސްޕެންޑުކޮށްފައެވެ. މީގެ އިތުރުން ވިލް ސުމިތުގެ އަންހެނުންވަނީ އޭނާއަށް ބޭވަފާތެރިވެފައިވާ ކަމަށް މީޑިއާގައި އެއްބަސްވެފައެވެ. ހަޔާތުގެ މި ފަދަ ކަންތައްގަނޑެއްގައި އުޅޭތީ ވިލް ސުމިތު ނިންމީ ދީނީ ފޮތްތައް ކިޔައި ރޫހާނީ ހިތްހަމަ ޖެހުން ހޯދައި ދިރިއުޅުމާ މެދު ވަރުގަދަ އަޒުމެއް ކަނޑައެޅުމެވެ. މި ގޮތުން އެކި ދީނުގެ ފޮތްތައް މުތާލިއާ ކުރަމުންދަނިކޮށް ވިލް ސްމިތުގެ ހިތް ކީރިތި ގުރުއާނަށް ދެވުނުގޮތް އެ އިންޓަވިއުގައިވަނީ ވަރަށް ތަފްސީލުކޮށް ކިޔާދީފައެވެ.

”ކީރިތި ގުރުއާން ފަހުމުވާކަށް އެއްވެސް އުނދަގުލެއް ނޫން، ވަރަށް ފަސޭހަ، ގުރުއާން ކިޔަވަން ހިތް ޖެހުނީވެސް އެ ފޮތުގައި ބުނާ ވާހަކަތައް ފަހުމުވާލެއް ފަސޭހަވީމާ“ ގުރުއާން ކިޔަވަން ހިތް ޖެހުނުގޮތް ވިލް ސުމިތު ކިޔާދިނެވެ.

މީގެ އިތުރުން ވިލް ސުމިތު ބުނީ ގުރުއާނުގައި ބުނާ ވާހަކަތައް ވަރަށް ސާފު ކަމަށާއި އެއްވެސް އޮޅުމެއް އަރާ ގޮތަށް އެއްވެސް އެއްޗެއް ގުރުއާނުގައި ނުވާ ކަމަށެވެ. އަދި ގުރުއާނުގައި ބުނާ ކަންކަން ގަބޫލުކުރަންވެސް ވަރަށް ފަސޭހަ ކަމަށެވެ.

ކީރިތި ގުރުއާން ކިޔަވަމުން ދިޔައިރު އެންމެ ބޮޑަށް ހިތް ޖެހުނީ ކޮން ކަމަކަށްތޯ ސުވާލު ކުރުމުން ވިލް ސުމިތު ބުނީ ގުރުއާނުން އެންމެ ބޮޑަށް ޝައުގުވެރިވީ މޫސާގެ ފާނުގެ ވާހަކަތައް ކަމަށެވެ. މި ގޮތުން ގުރުއާނުގެ އެކި އާޔަތްތަކުގައި މޫސާގެ ފާނާއި ބެހޭގޮތުން ކިޔާދީފައިހުރި ވާހަކަތަކާއި ކަންތައްތަކަށް ިއިތުރަށް ބަލައި އެހެން ފޮތްފަޮތުންވެސް މޫސާގެ ފާނު މައުލޫމާތުތައް ހޯދައި ދިރާސާކުރި ކަމަށެެވެ. މި އިންޓަވިއު ނިންމާލަމުންވިލް ސްމިތު ބުނީ ގަލްފުގެ ގައުމުތަކުގައި ވަރަށް އުޅޭހިތްވާ ކަމަށާއި މިއީ އޭނާ މި ސަރަހައްދަށް ކުރި ތިންވަނަ ދަތުރަށްވިޔަސް އަދިވެސް އަންނަން ބޭނުންވާ ކަމަށެވެ. މި ގޮތުން ވިލް ސްމިތު އެންމެ އުޅެން ބޭނުންވަނީ ސައުދީ އަރަބިއްޔާގައެވެ.



More from Muraasilu