ވެލިދޫ ހޮސްޕިޓަލު ބަޖެޓުގައި ނެތް ކަމަށް ބުނެ މިނިސްޓަރު ހެއްދެވީ ދޮގެއް – މެމްބަރު މޯޑު

Tue, 19 Mar 2024 12:38 PM

View on this article on Muraasilu

ވެލިދޫ ހޮސްޕިޓަލު ބަޖެޓުގައި ނެތް ކަމަށް ބުނެ މިނިސްޓަރު ހެއްދެވީ ދޮގެއް – މެމްބަރު މޯޑު

ނ.ވެލިދޫ ހޮސްޕިޓަލުގެ މަސައްކަތަށް ބަޖެޓުގައި ފައިސާ ހިމަނާފައިނުވާ ކަމަށް ބުނެ ހެލްތު މިނިސްޓަރ އަބްދުﷲ ހަލީލު ހެއްދެވީ ދޮގެއް ކަމަށް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖުލީހުގައި ވެލިދޫ ހޮސްޕިޓަލުގެ މަސައްކަތާި ބެހޭ ގޮތުން މިނިސްޓަރާއި ސުވާލު ކުރެއްވީވެސް މެމްބަރު މޯޑެވެ. އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ވެލިދޫ ހޮސްޕިޓަލުގެ މަސައްކަތަށް އެކަށީގެންވާ ވަރުގެ ބަޖެޓެއް ނެތް ކަމަށާއި އަދި އެ ހޮސްޕިޓަލު އެޅުމަށް ކުވެއިތު ފަންޑުން ދީފައިވާ އެހީ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. މިނިސްޓަރު ގެ ޖަވާބާއި ދޭތެރޭ ހިތްހަމަ ނުޖެހި މެމްބަރު މޯޑު ވިދާޅުވީ ކުރީ ސަރުކާރުން ބަޖެޓު ހަމަޖައްސައި ހޮސްޕިޓަލުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. ނަމަވެސް މި ސަރުކާރުން ވެލިދޫ ހޮސްޕިޓަލުގެ މަސައްކަތް ބަޖެޓު ނެތް ކަމަށްބުނެ ހުއްޓާލާފައިވާ ކަމަށެވެ.



ކުރީ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވާ އެތައް ޕްރޮޖެކްޓު ތަކެއް ހުއްޓާލާފައިވާތީވެ އެކަމުގެ ކަންބޮޑުވުންތައް އެ ދާއިރާގެ މެމްބަރުން ކުރަމުން އަންނައިރު، މެމްބަރުން ތުހުމަތު ކުރަނީ އެ ޕްރޮޖެކްޓު ތަކަށް ހަމަޖެހުނު ފައިސާ ، ސަރުކާރުގެ އެހެން ކަންކަމަށް ބޭނުންކުރަމުންދާ ކަމަށެވެ. މި ގޮތުން ކުވެއިތު ފަންޑުން ރަށްރަށުގެ ހޮސްޕިޓަލުތައް އެޅުމަށް ކުރީ ސަރުކާރުން ހޯދާފައިވާ ފަންޑުވެސް އަނބުރާ ގެންދިޔައީ އެ ފައިސާ މި ސަރުކާރުން އެހެން ކަންކަމަށް ހޭދަކުރުމަށް ނިންމުމުން ކަމަށެވެ.

ނ.ވެލިދޫގައި ހޮސްޕިޓަލަކާއި ޖޫނިއަރ ކޮލެޖެއް އެޅުމަށް ނިންމައި، ކުރީ ސަރުކާރުންވަނީ މި އަހަރުގެ ބަޖެޓުގައި އެ ޕްރޮޖެކްޓު ތަކަށް ފައިސާވެސް ހިމަނާފައެވެ.



More from Muraasilu