ހޮވައިގެން ގެނައި 10،000 ރުފިޔާ ގެ ވެރިފަރާތެއް ހޯދަނީ

Sun, 17 Mar 2024 03:07 PM

View on this article on Muraasilu

ހޮވައިގެން ގެނައި 10،000 ރުފިޔާ ގެ ވެރިފަރާތެއް ހޯދަނީ

ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.



ފުލުހުން މައުލޫމާތުދޭ ގޮތުގައި މާރިޗު 14 ވަނަ ދުވަހު، ދޮންއަނދަރާދަ ހިނގުން ގ. ރެސްރޯން ކުރިމަތިން ހޮވައިގެން ގެނެސްފައިވަނީ 10،000 ރުފިޔާއެވެ.

މީގެ އިތުރުން މި މަހުގެ 16 ވަނަ ދުވަހުވެސް ވަނީ ފައިސާތަކެއް ހޮވައި ފުލުހުންނާ ހަވާލުކޮށްފައެވެ. 700 ރުފިޔާ ހޮވާފައިވަނީ މ.ހިޖާޒު ކައިރިންނެވެ.

މި ފައިސާތަކުގެ ވެރިފަރާތުން 9631696 އަށް ގުޅައި، އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.



More from Muraasilu