ރާފިޔަތު އަދި ބޮކިޓޯސްގެ “ރާނީ” : ރިޓްސް ލިރިކްސްގެ ސަޅި ލަވައެއް – ވީޑިއޯ

Sat, 20 May 2023 08:20 AM

View on this article on MUNIAVAS

ރާފިޔަތު އަދި ބޮކިޓޯސްގެ “ރާނީ” : ރިޓްސް ލިރިކްސްގެ ސަޅި ލަވައެއް – ވީޑިއޯ

ބްރޭންޑް ނަމެެއްގެ ދަށުން، ހިތްގައިމު ލިރިކްސްތަކެއް އުފައްދައި ހިތްގައިމު ލަވަތަކަކާއި ކަރޯކޭ ލަވަތަކެއް ނެރެމުން އަންނަ ރިޓްސް ލިރިކްސް އިން އުފެއްދި ހިތްގައިމު ވީޑިއޯ ލަވަ “ރާނީ” ރިލީޒްކޮށްފި އެވެ. މި ލަވަ ރިލީޒްކޮށްދެއްވީ ލަވަ ލިރިކްސް ލިޔުއްވުމާއި މިއުޒިކް އަލްބަމްތައް ޕްރޮޑިއުސްކުރެއްވުމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ، އެންމެން ދަންނަ ޑޮކްޓަރ އަޙްމަދު ޝަކީބު އެވެ.

ރިޓްޒް ލިރިކްސްގެ ތިންވަނަ އަހަރީ ދުވަހާދިމާކޮށް މިމަހު 20 ވަނަ ރޭ 00:00ގައި ރިޒްގެ “ރާނީ” ރިލީޒްކުރީ މުނިއަވަސް ކްލަބްހައުސް މެދުވެރިކޮށެވެ. “ރާނީ” ލަވަ ކިޔާފައިވަނީ ރާއްޖޭގައި މިވަގުތު އެންމެ ވިދަމުން އަންނަ ހުނަރުވެރި ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ އަދި ހިތްގައިމު ލަވަތަކެއް ގެނެސްދެމުން އަންނަ މުޙައްމަދު މައިސާން (ބޮކިޓޯސް) އެވެ.

“ރާނީ” ލަވައިގެ ވީޑިއޯގައި އެކްޓްކޮށްފައިވަނީ ބޮކިޓޯސްގެ އިތުރުން ޝަހާނާ އަދި ރާފިޔަތު ރަމީޒާ އެވެ.

ރޭ ބޭއްވި ޚާއްޞަ ޝޯގައި ރާފިޔަތު، ބޮކިޓޯސް، އިބްރާހީމް އާމިރު، ޢަލީ ރަޝީދު (ގޮޅާ އައްޔަ) އަދި ރިޓްސް ލިރިކްސްގެ މެންބަރުން ބައިވެރިވި އެވެ.

ވީޑިއޯ ލަވަ ޑައިރެކްޓްކޮށް މަންޒަރުތައް ނަގައި އެޑިޓްކުރީ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

https://www.clubhouse.com/room/mJowzgGr?utm_medium=ch_room_xr&utm_campaign=K3Pr755q7376qVGYu4jirw-725346


More from MUNIAVAS