“ފުރޭތަ” އަށް ފަހު “ލޭ”

Mon, 22 Jul 2024 10:27 AM

View on this article on MUNIAVAS

“ފުރޭތަ” އަށް ފަހު “ލޭ”

ޑާކް ރެއިން އެންޓަޓެއިންމެންޓުން މިއަހަރު މާރިޗް މަހު ގެނެސްދިން ވަރުގަދަ އެކްޝަން ތުރިލާ ފިލްމު “ފުރޭތަ” ނިމެނީ އޭގެ އެހެން ބައެއް އޮންނާނެކަން އިޢުލާނުކުރަމުންނެވެ. ކަން މިހެން އޮތް އިރު “ފުރޭތަ” އަކީ ޓްރިލޮޖީއެއް (ތިންކަފި-ވާހަކައެއް) ކަމަށްވެސް އެ ސްޓޫޑިއޯ އިން ބުނެފައިވެއެވެ.



ޑާކް ރެއިން އެންޓަޓެއިންމެންޓުން އާއްމުކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ “ލޭ”ގެ ޕްރީޕްރޮޑަކްޝަން މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މިއީ ފިލްމު “ފުރޭތަ”އިގެ ކުރިއަށް އޮތް ބައެވެ. އޭގެ ފަހަށް އޮތީ “މަރަށް މަރު” ކަމަށް އެ ޕްރޮޑަކްޝަނުން ބުނެއެވެ. ފިލްމު “ފުރޭތަ” ނިމޭ ހިސާބުން، ފިލްމު ތެރެއިން މަންޒަރެއްގައި “މަރަށް މަރު” އޮތްކަން އިޢުލާނުވެސް ކޮށްފައިވެއެވެ.

“ފުރޭތަ” ފިލްމު ނިމިގެން އަރާ ކްރެޑިޓްގައިވެސް ފިލްމުގެ އިތުރު ބައެއް ކުރިއަށް އޮންނާނެ ކަަމަށް އިޝާރާތެއް ދީފައިވެ އެވެ. އެއީ މުހައްމަދު ރިފްޝާން (ރިއްޕެ) ކުޅުނު އިއްސެގެ ކެރެކްޓާއާ ގުޅުވައިގެންނެވެ. ފިލްމު “ފުރޭތަ”އިގައި ރިއްޕެ ކުޅުނު އިއްސެގެ ކެރެކްޓަރ މަރުވެއެވެ. ނަމަވެސް ފިލްމުގެ ކްރެޑިޓްސް ދައްކާއިރު ޖަލު ޔުނިފޯމުގައި ރިއްޕެ ހުއްޓާ ފެނެއެވެ. މިކަން މިއީ ކިހިނެއް އޮތް ކަމެއްކަން ޑާކް ރެއިންއިން އާއްމުކޮށްފައިވާ އެހެން ޕޯސްޓެއްގައި އޮޅުންފިލުވައިދީފައިވެއެވެ.

ށެވެ.

“އެނގޭތަ؟ ދިވެހި ފިލްމް “ފުރޭތަ”ގައި ރިފްޝާން (ރިއްޕެ) އަދާކޮށްފައިވަނީ ޑަބަލްރޯލްކަން. ފުރަތަމަ އެފެންނަ ކެރެކްޓަރއަކީ އިއްސެ، ޕޯސްޓް ކްރެޑިޓް ސީންގެ ޖަލުގަ އެހުންނަނީ އިއްސެގެ އެއްމާބަނޑު ބޭބެ ރޫހް.”

* ޑާކް ރެއިން އެންޓަޓެއިންމެންޓުން އާއްމުކުރި ޕޯސްޓުން

ފިލްމު “ފުރޭތަ”އިގައި ރިފްޝާން ދައްކައިދީފައި ވަނީ ވަރުގަދަ ނުލަފާ ރޯލެކެވެ. އެއީ އިއްސެގެ ރޯލެވެ. ފިލްމު “ލޭ”ގައި ރިފްޝާން ފެންނާނީ ރޫޙްގެ ކެރެކްޓާއިންނެވެ. އިއްސެއަށް ދޫނުކުރާނެ ރޫޙްގެ ރޯލު އަދި މާ ވަރުގަދަވެފައި ނުލަފާވާނެކަން ޔަޤީނެވެ.



More from MUNIAVAS