“ބިބީ” ރިލީޒްކޮށްފި، ބެލުންތެރިންގެ ތަޢުރީފު އޮހެނީ!

Wed, 09 Oct 2024 11:40 PM

View on this article on MUNIAVAS

“ބިބީ” ރިލީޒްކޮށްފި، ބެލުންތެރިންގެ ތަޢުރީފު އޮހެނީ!

ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފެއްދި ހެއްވާ މަޖާ އަދި ބިރުވެރި ފިލްމު “ބިބީ” ޕްރިމިއާކޮށްފައިވާ އިރު، ފިލްމު ބެލި ބެލުންތެރިންގެ ތަޢުރީފު އޮހެން ފަށައިފިއެވެ. މިމަހު 07 ވަނަ ދުވަހުގެ ރޭ ރަތްދޫލަ ހަފުލާއަކާއެކު ރިލީޒްކުރި މި ފިލްމުން ހީނހީނ އަވަދިވާވަރު ކޮށްލާފައިވާ ކަމަށް ބުނެ ބެލުންތެރިންގެ ޝުޢޫރުތައް މީސްމީޑިއާގެ މަންސަތަކާއި ބައެއް މީޑިއާގެ މަންސަތައް މެދުވެރިކޮށް ހާމަކުރަން ވަނީ ފަށާފައެވެ.



ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މަޝްހޫރު އަދި މަޤުބޫލު އެކްޓްރެސް، ކުރީގެ އެކްޓްރެސް ޢާއިޝަތު ޝިރާނީ ވެސް ފިލްމުގެ ޕްރިމިއާ އިވެންޓަށްފަހު ފިލްމު ބަލާފައިވެއެވެ. މުނިއަވަސް ޓީމުގެ ޝަރަފުވެރި މެންބަރެއްގެ މަޤާމުގެ ތެރެއިން މުނިއަވަސް ޓީމާއެކު ފިލްމު “ބިބީ” ބެލުމަށްފަހު، މިއަދުގެ ވަގުތެއްގައި މި ފިލްމާމެދު ޝިރާނީ ދެކޭގޮތް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ.

ވީޑިއޯ އިން ޝިރާނީގެ ކޮމެންޓް އަޑުއަހައިލެވޭނެ އެވެ.

@muniavas Bibii ah @aishathshirani Bunee Keekay? @Dark Rain Entertainment @Shiela Najeeb @majoo @laina @MariyamNaXima @umarashfaq #dhivehitiktokpviral #contentcreators #dhivehifilm ♬ original sound – MUNIAVAS

މީގެ އިތުރުން ޑާކް ރެއިން އަށް ޓެގްކޮށް އަދި ޑާކް ރެއިންއަށް ޕްރައިވެޓްކޮށްވެސް ބެލުންތެރިންގެ ތަޢުރީފުގެ މެސެޖްތައް ފޮނުވަމުންދާއިރު، ޖުމްލަ ގޮތެއްގައި ބެލުންތެރިން ބުނެފައިވަނީ މިވަރުގެ މަޖާ ދިވެހި ފިލްމެއް އަދި ނުބެލޭ ކަމަށާ ފިލްމު ބަލަން އޮލިމްޕަސް ސީޓުގައި އިށީނީއްސުރެ ފިލްމު ނިމެންދެން އިންނަން ޖެހު ކަމަށެވެ.

މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު ޝަހުދާ މަހްމޫދު ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލީޑުގައި ހަރަކާތްތެރިވަނީ ޝަހޫގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު ޝަރަފް ޢަބްދުﷲގެ އިތުރުން މަޝްހރޫ އެކްޓްރެސް މަރިޔަމް މަޖުދާ އެވެ. މިއީ ޝަރަފު އަދި މަޖޫ އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މީގެ އިތުރުން ޝީލާ ނަޖީބް، އަހުމަދު ސަޢީދު، ފުބޫ، އަމަން އަދި ވަރަށް ޚާއްސަ ފެނިލުމެއްގައި ކުރީގެ މަޝްހޫރު ތަރި އިސްލާއީމް ވަޖީހު ވެސް ފެނިގެންދާނެ އެވެ.

@muniavas Bibii Official Trailer #bibii @darkrainent ♬ original sound – MUNIAVAS



More from MUNIAVAS