“އުދަބާނި” ފިލްމުގެ އުދަބާނިތައް އަތޮޅުތެރޭ ރަށްރަށުގައި ވަރަށް ވަރުގަދަ!

Thu, 10 Oct 2024 08:34 PM

View on this article on MUNIAVAS

“އުދަބާނި” ފިލްމުގެ އުދަބާނިތައް އަތޮޅުތެރޭ ރަށްރަށުގައި ވަރަށް ވަރުގަދަ!

ދިވެހި ފިލްމުބަލާ އޯޑިއަންސުން އިންތިޒާރުކުރަމުން އައި ދިވެހި ފިލްމު “އުދަބާނި 2” އަށް ރާއްޖޭގެ ރަށްރަށުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިވަގުތު މި ފިލްމު ދެއްކުމަށްޓަކައި ފިލްމުގެ ޕްރޮޑިއުސަރު/އެކްޓަރު ހާމިދު ހުރީ ރާއްޖޭގެ އެންމެ އުތުރުގެ ރަށެއްގައެވެ. ފިލްމުގެ ވަރުގަދަ އުދަބާނިތައް ރަށްރަށަށް ވަރަށް ވަރުގަދަކަން ފިލްމުގެ ޝެޑިއުލްތަކަށް ބަލައިލުމުން އެނގެއެވެ.



ސެޕްޓެމްބަރު 19 އިން ފެށިގެން މާލެއާއި އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި މި ފިލްމު ދެއްކިއެވެ. މީގެ އިތުރުން 04 އޮކްޓޫބަރުގައި މި ފިލްމު އދ. ކުނބުރުދޫ، ފ. މަގޫދޫ، ކ. ގުޅީގައި ދައްކާފައިވާއިރު، 05 އޮކްޓޫބަރުގައި ހއ. ދިއްދޫގައި، 06 އޮކްޓޫބަރުގައި މި ފިލްމު ހއ. އުތީމުގައި ދެއްކިއެވެ. 07 އޮކްޓޫބަރުގައި ހއ. މާރަންދޫ، 08 އޮކްޓޫބަރުގައި ހއ. އިހަވަންދޫ އަދި 09 އޮކްޓޫބަރުގައި ހދ. ކުމުންދޫގައި ދެއްކިއެވެ. 10 އޮކްޓޫބަރުގައި ރ. ދުވާފަރު، އދ. ފެންފުށީގައި އަދި ށ. ފޯކައިދޫގައި ފިލްމު “އުދަބާނި 2” ދައްކާނެއެވެ.

ލ. ފޮނަދޫގައި ފިލްމު "އުދަބާނި2"ގެ ޓިކެޓް ވިއްކަމުންދަނީ

ފިލްމު “އުދަބާނި 2″ގެ ކުރިއަށް ހުރި ޝޯތަކަށް ބަލައިލާއިރު:-

🎫 11 އޮކްޓޫބަރު- ށ. ފީވަށް

🎫 11 އޮކްޓޫބަރު- ރ. މާކުރަތު

🎫 12 ،13 އޮކްޓޫބަރު- ލ. ފޮނަދޫ

🎫 14 އޮކްޓޫބަރު- ލ. ހިތަދޫ

🎫 15 އޮކްޓޫބަރު- ލ. މާމެންދޫ

🎫 16 އޮކްޓޫބަރު- ލ. މާވަށް

🎫 18 އޮކްޓޫބަރު- ތ. މަޑިފުށި

މީގެ އިތުރުންވެސް އިތުރު ރަށްރަށުގައި މި ފިލްމު ދެއްކުމަށް އެދެމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.

މި ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި އަހުމަދު އީސާ (އާނަންދު)، އާމިނަތު ޝުހާ، އަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާ ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ.

ހާމިދު އަލީ ޕްރޮޑިއުސްކޮށް އަމްޖަދު ޑައިރެކްޓް ކުރި މި ފިލްމަކީ އަސަރުގަދަ ލޯބީގެ ބިރުވެރި ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

@muniavas Udhabaani 2 Book your tickets now / Hotline 7762077 #udhabaani #udhabaani2 @amjadibrahimdidi @Hamid Ali ♬ original sound – MUNIAVAS

ފިލްމު “އުދަބާނި 2” ގެ އޮންލައިން މީޑިއާ ޕާޓުނަރަކީ މުނިއަވަސް އޮންލައިން



More from MUNIAVAS