“ސަޔާ” ގެ ޓްރެއިލާ އާންމު ކޮށްފި – ފިލްމުގެ ވިލަންއަކީ ކާކުބާ؟

Fri, 26 Jul 2024 05:43 PM

View on this article on MUNIAVAS

“ސަޔާ” ގެ ޓްރެއިލާ އާންމު ކޮށްފި – ފިލްމުގެ ވިލަންއަކީ ކާކުބާ؟

ކާމިޔާބު ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ޝައި ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމު “ސާޔާ”ގެ ޓްރެއިލާ މިއަދު އާއްމުކޮށްފިއެވެ. ބިރުވެރިކަމާއި ނާމާން ކަންތައްތަކެއް ފެނިގެންދާ ސާޔާގެ ޓްރެއިލާއިން ޖަވާބު ނޭނގޭ އެތައް ކަންތައްތަކެއް ފެނިގެންދާއިރު ފިލްމުގެ ވާހަކައިގައި ފޮރުވިފައިވާ ކަންތައްތަކުގެ ޖަވާބު އެނގޭނީ ސާޔާއަށް ކަމަށް ބެލެވޭއިރު، މި ޓްރެއިލާގެ ޑައިލޮގުތަކުން ޔޫއްޕެ އެ ބުނީ އަސްލު ވާހަކައެއް ކަމަށްވެސް ޤަބޫލުކުރެވެއެވެ. ނަމަވެސް އުފެދޭ ބޮޑު ސުވާލަކީ މި ފިލްމުގެ އަސްލު ވިލަންއަކީ ނުވަތަ ނެގެޓިވް ރޯލު ކުޅެފައިވަނީ ކޮން ކެރެކްޓާއެއްތޯ އުފެދޭ ސުވާލެވެ.



07 އޯގަސްޓް 2024ގައި ރިލީޒްކުރާ މި ފިލްމުގެ ޓްރެއިލާގެ މާގިނަ ވާހަކަތަކެއް ދައްކާކަށް ނެތީމެވެ. ޓްރެއިލާ ބަލައިލުން މާ ސަޅިވާނެއެވެ.

ބޮޑު ތަރުހީބަކާއެކި މިހާރު އޮލިމްޕަހުން ޓިކެޓް ވިއްކަމުން އަންނަ ފިލްމު “ސާޔާ” ޓިކެޓް ވިއްކާނީ ހެނދުނު 10:00 ން 12:00 އަށް، މެންދުރުފަހު 14:00 ން 18:00 އަދި ރޭގަނޑު 20:00 ން 22:30 އަށެވެ. ޓިކެޓާއި ގުޅޭ މައުލޫމާތު ހޯދަން 9372000 އަށް ގުޅައިގެން ކުރިއަށްދެވޭނެ އެވެ.

މީގެ ކުރިން ހެއްވާ މަޖާ އަދި ލޯބީގެ ފިލްމުތަކެއް ގެނެސްދިން ޕްރޮޑިއުސަރު ޝަފީޤް މިފަހަރު ބޭނުންވަނީ ބެލުންތެރިންނަށް އައު ރަހައެއް ގެނެސްދޭށެވެ. އެގޮތުން މި ފިލްމުން ލޯތްބާއި އަނިޔާވެރިކަމާއި ބިރުވެރިކަމުގެ އިހުސާސްތަކެއް ފެނިގެންދާނެ އެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކޮށް އެޑިޓްކޮށްފައި ވަނީވެސް ކުޅަދާނަ އެކްޓަރު / ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

ފިލްމުގެ މުހިންމު ރޯލަކުން ވެސް ޔޫއްޕެ ފެނިގެންދާނެ އެވެ. މީގެ އިތުުރުން ދެން އެންމެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހިމް ޖިހާދު (ޖިމީ) އެވެ. މީގެ އިތުރުން މުހައްމަދު މަނިކާއި އަހްމަދު ނިމާލް ވެސް ފެނިގެންދާނެ އެވެ.

ފިލްމުގެ މަންޒަރުތައް ކެމެރާކުރީ ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ. ބެކްމިއުޒިކު ހަދާފައިވަނީ އައްޔުމަން ޝަރީފު އެވެ.



More from MUNIAVAS