ރަސްފަރީ ފަރު އިއާދަކުރަން އެމްޑަބްލިއުއެސްސީން އެހީވަނީ

Mon, 21 Oct 2024 03:43 PM

View on this article on Mihaaru

ރަސްފަރީ ފަރު އިއާދަކުރަން އެމްޑަބްލިއުއެސްސީން އެހީވަނީ

ކ. ރަސްފަރީ ފަރު އަލުން އިއާދަ ކުރުމުގެ މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން، އީޕީއޭއިން ކުރިއަށް ގެންދާ ރަސްފަރީގެ ފަރުތަކާއި މުރަކަތައް އާރާސްތުކޮށް އަލުން އިއާދަކުރުމުގެ މަޝްރޫއަށް އެމްޑަބްލިއުއެސްސީން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި މަޝްރޫއަށް ބޭނުން ކުރަމުންދާ އާރު.ވީ ތިމާވެށި އުޅަނދުގައި އެމްޑަބްލިޔުއެސްސީން ފެން ޕްލާންޓެއް ބެހެއްޓުމާއި ސާވޭ ކުރުމަށް ބޭނުންވާ ސާމާނު ވެސް މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭނެ އެވެ. އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ މަޝްރޫއަށް ބޭނުންވާ ފެނާއި ދަތުރުފަތުރުގެ އިންތިޒާމްތައް ވެސް ހަމަޖައްސައިދޭނެ ކަމަށެވެ.

ރަސްފަރީ ފަރަކީ 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. އަދި މިއީ ކ. އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދެވެ. ނަމަވެސް 2021 ވަނަ އަހަރުގެ އޮގަސްޓު މަހު ރަސްފަރީ ފަރަށް ބާޖެއް އަރައި، 2،800 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހަލާކުވެފައެވެ.

އެމްޑަބްލިޔުއެސްސީ އަކީ ތިމާވެށި ހިމާޔަތްކޮށް އަދި ރައްކާތެރި ކުރުމަށް ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކަށް އަބަދުވެސް އެއްބާރުލުން ދޭ ކުންފުންޏެކެވެ.





More from Mihaaru