ވިއްސާރާގައި އައްޑޫ ފޭދޫގެ 40 އަށްވުރެ ގިނަ ގެއަށް ގެއްލުން!

Sat, 27 Apr 2024 12:33 PM

View on this article on Mihaaru

ވިއްސާރާގައި އައްޑޫ ފޭދޫގެ 40 އަށްވުރެ ގިނަ ގެއަށް ގެއްލުން!

އައްޑޫއަށް އިއްޔެ ކުރި ވިއްސާރައިގައި ފޭދޫގެ 40 އަށްވުރެ ގިނަ ގެއަށް ފެން ވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މެޓްއިން ނެރެފައިވާ ރިޕޯޓުތަކުން ދައްކާ ގޮތުގައި އިއްޔެ އައްޑު އަށް 167.7 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އެ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގައި ފެންބޮޑުވެ އައްޑޫ ފޭދޫ އަވަށުގެ ފަސް ދިރިނުޅެވޭ ވަރަށް ފެންބޮޑުވެ، އެ ގޭގައި ދިރިއުޅޭ އާއިލާތައް ވަގުތީ ހިޔާތަކަށް ބަދަލުވެފައިވާ ކަމަށެވެ.

އިއްޔެ ވެހުނު ވާރޭގައި އައްޑޫގެ ގެއެއްގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ

އޭގެ ތެރެއިން ދެ ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށްދީފައިވާ ކަމަށާއި އަދި ތިން ގެއެއްގެ މީހުން އެ މީހުންގެ އާއިލީ ގެތަކަށް ބަދަލުވެފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އިއްޔެ ވެހުނު ވާރޭގައި އައްޑޫގެ ގެއެއްގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ

މެޓުން މިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އައްޑޫއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އުތުރުގެ ރަށްތަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރި ނަމަވެސް ކަނޑުތައް މަޑު ވާނެ ކަމަށާއި ވައި ޖެހެނީ ހުޅަނގު ދެކުނާއި ހުޅަނގުން ފަސް މޭލާއި ފަނަރަ މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ލަފާކުރެ އެވެ.





More from Mihaaru