ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ފުރާވަޑައިގެންފި

Fri, 10 May 2024 12:06 PM

View on this article on Mihaaru

ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް މިއަދު ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ މިއީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއް ކަމަށެވެ.

ރައީސްގެ އަރިހުގައި އުމްރާގެ އަޅުކަމަށް ސަރުކާރުގެ ބައެއް އިސްވެރިން ގެންދެވި އެވެ.

އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި ރައީސް އޮފީހުގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރު އަލީ އާރިފާއި އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒާއި ސަރުކާރުގެ މި ވަފުދު ސަައުދީ އަށް ދަތުރު ކުރައްވަނީ ސައުދީ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާބޯޓެއްގައި ކަމަށެވެ.





More from Mihaaru