ދިވެހި ބަހުން ދައްކާ ވާހަކަ ލިޔުމަށް ބަދަލުކޮށްދޭ އެޕެއް އޭސީސީން ލޯންޗުކޮށްފި

Thu, 25 Apr 2024 11:28 PM

View on this article on Mihaaru

ދިވެހި ބަހުން ދައްކާ ވާހަކަ ލިޔުމަށް ބަދަލުކޮށްދޭ އެޕެއް އޭސީސީން ލޯންޗުކޮށްފި

ދިވެހި ބަހުން ދައްކާ ވާހަކަ ލިޔުމަށް ބަދަލުކުރާ އެޕްލިކޭޝަނެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލޯންޗުކޮށްފި އެވެ.

"ކާތިބު" ގެ ނަމުގައި އިފްތިތާހުކުރި މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ އޭސީސީގެ ރިޓަޔާޑް ސްޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން އަބްދުލްއަޒީޒް މޫސާ އެވެ.

އޭސީސީން ބުނިގޮތުގައި ދިވެހި ބަހުން ދައްކާ ވާހަކަ ލިޔުމަށް ބަދަލުކޮށްދޭ މި އެޕްލިކޭޝަންގެ ސަބަބުން ތަހުގީގުތަކުގެ ބޭނުމަށް ކޮމިޝަނުން ނަގާ ބަޔާންތައް ޓައިޕްކުރުމަށް ހޭދަވާ ވަގުތު ކުޑަވާނެ އެވެ. މިއާ އެކު ކޮމިޝަނުގެ ޔައުމިއްޔާތައް ލިޔުމަށް ހޭދަވާ ވަގުތު ވެސް ބޮޑުތަނުން އަވަސް ވާނެ ކަމަށް އޭސީސީން ބުނެ އެވެ.

ދިވެހި ބަހުން ދައްކާ ވާހަކަ ވަގުތުން ވަގުތަށް ލިޔުމާއި ތަރުތީބުކުރުމުގެ ގާބިލުކަން ލިބިފައިވާ މި އެޕްލިކޭޝަން އިފްތިތާހުކުރުމުގެ ކުރިން އޭސީސީން ވަނީ ހަތަރު ވަރަކަށް މަހު މި އެޕް ބޭނުންކޮށްފަ އެވެ.

އޭސީސީގެ އެޕްލިކޭޝަން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

އޭސީސީން ބުނީ މި އެޕްލިކޭޝަނަކީ އޭސީސީގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމަށް އެ ކޮމިޝަނުން ފަށައިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. މި އެޕްލިކޭޝަން އުފައްދާފައި ވަނީ ދިވެހި ޑިވެލޮޕަރުން ހިމެނޭ، ސިންޓެކްސް ޕްރައިވެޓް ލިމިޓެޑުންނެވެ. މި އެޕްލިކޭޝަނަށް ބަޔާންތައް ހުލާސާކުރުން ފަދަ އިތުރު ފީޗާތައް އިތުރުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.





More from Mihaaru