ބޯޓުޔާޑެއް ހިންގުމަށް މާމިގިލިން ބިންދޫކުރަނީ

Thu, 25 Jul 2024 07:33 PM

View on this article on Masverin

ބޯޓުޔާޑެއް ހިންގުމަށް މާމިގިލިން ބިންދޫކުރަނީ

ބޯޓުޔާޑެއް ހަދާ ހިންގުމަށް އދ.މާމިގިލިން ބިންދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ



އދ. މާމިގިލީ ކައުންސިލުން ބުނީ އެރަށުގެ ލޭންޑްޔޫޒް ޕްލޭންގައި، ބޯޓުޔާޑެއް ހަދާ ހިންގުމަށް މާމިގިލީ އިރުދެކުނު ފަރާތު ބަދަރު ސަރަހައްދުން 50 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ވަނީ ހުޅުވާލާފައެވެ.

ބިޑްފޮތެއްގެ އަގަކީ 15000 (ފަނަރަހާސް) ރުފިޔާއެވެ. ބިޑްފޮތް ގަންނަން ލިބޭނީ 2024 ޖުލައި 29 ވާ ހޯމަ ދުވަހުން ފެށިގެން 2024 އޮގަސްޓް 07 ވާ ބުދަ ދުވަހުގެ 13:00 އާ ހަމައަށެވެ.

ޕްރީ ބިޑް މީޓިންގ އޮންނާނީ އދ.މާމިގިލީ ކައުންސިލް އިދަރާގައި 2024 އޮގަސްޓް 07 ވާ ބުދަ ދުވަހުގެ 13:00 ގައެވެ.

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ  2024 އޮގަސްޓް 07 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރީން މެއިލްކުރުމަށް ކައުންސިލުން އެދެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 އޮގަސްޓް 12 ވާ ހޯމަ ދުވަހުގެ 13:00 ގައި މާމިގިލީ ކައުންސިލް އިދާރާގައެވެ.  ޕްރޮޕޯސަލް  ހުށަހަޅަން ހަމަޖެހިފައިވާ ދުވަހަކީ އެއްވެސް ކަމެއް މެދުވެރިވެގެން  ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނެމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެހިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

 

 



More from Masverin