ދިޔަވަރު ބޮޑުވާ ގަޑިއަތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ : މެޓު

Thu, 17 Oct 2024 05:56 PM

View on this article on Masverin

ދިޔަވަރު ބޮޑުވާ ގަޑިއަތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ : މެޓު

ދިޔަވަރު ބޮޑުވާ ގަޑިއަތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.



މެޓުން ނެރެފައިވާ މިރޭގެ މޫސުމުގައި ބުނެފައިވަނީ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. ވައި ހުންނާނެ ކަމަށް ބެލެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސް މިން ހުންނާނެ ކަމަށް ބެލެވެނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓުން ބުނެއެވެ.

އުދަ އަރާނެ ކަމަށް ލަފާކޮށް މިއަދު މެޓުންވަނި ކ އިން އައްޑޫ ސިޓީއަށް ހުދު ސަމާލުވެސް ނެރެފައެވެ. ހުދު ސަމާލުގެ މުއްދަތުވަނީ 15:30 އަށް ހަމަވެފައެވެ.

މި ދުވަސްވަރު އުދަ އަރައިގެން ބައެއް ރަށްރަށުން ދަނީ ރިޕޯޓުކުރަަމުންނެވެ.



More from Masverin