މިސްކިތްތަކުގައި ފެށި ޤުރުއާން ކްލާސްތަކާއިއެކު، މިސްކިތްތަކަށް އިތުރު ދިރުމެއް ލިބިގެންދޭ: ޝަހީމް

Thu, 17 Oct 2024 06:53 PM

View on this article on Masverin

މިސްކިތްތަކުގައި ފެށި ޤުރުއާން ކްލާސްތަކާއިއެކު، މިސްކިތްތަކަށް އިތުރު ދިރުމެއް ލިބިގެންދޭ: ޝަހީމް

ޤުރުއާނުގެ އިލްމު ފެތުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގެ މިސްކިތްތަކުގައި ފެށި ގާރީ ކްލާސްތަކުގެ ސަބަބުންން މިސްކިތްތަކަށް އިތުރު ދިރުމއް ލިބިގެންދާނެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.



އެމަނިކްފާން މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިހާތަނަށް ރާއްޖޭގެ 29 ރަށެއްގެ މިސްކިތްތަކުގައި މި ކްލާސްތައް ފަށާފައިވާއިރު، މި ކްލާސްތަކުގައި ކިޔަވައިދެއްވަނީ މިސްކިތްތަކުގެ އިމާމުންނެވެ. މި ކްލާސްތަކުގައި އެކިއުމުރުފުރާގެ ދަރިވަރުންނަށް އަންނަނީ ކިޔަވައިދެމުންނެވެ.

މި ކްލާސްތައް ކުރިއަށް ގެންދަނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ. އަދި ކިޔަވައިދެއްވާ އިމާމުން ވެސް ކިޔަވަވައި ދެއްވަމުން ގެންދަވަނީ ހިލޭ ސާބަހަށެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިންވަނީ މިސްކިތްތަކުގައި ޤުރުއާން ކުލާސް ހިންގުމުގެ ހުއްދަ 32 ފަރާތަކަށް ދެއްވާފައެވެ. އޭގެތެރޭގައި 23 ރަށަކާއި، 3 ޖަމްޢިއްޔާގެ އިތުރުން މާލެ ސަރަހައްދުގެ 5 މިސްކިތް ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ އިތުރު ރަށްތަކުގައި މި ކްލާސް ފެށުމަށް މަސައްކަތް ކުރައްވަމުންނެވެ.



More from Masverin