ދެކުނަށް ހުދު ސަމާލު، މޫސުމަށް ސަމާލުވޭ!

Thu, 25 Apr 2024 08:24 AM

View on this article on Masverin

ދެކުނަށް ހުދު ސަމާލު، މޫސުމަށް ސަމާލުވޭ!

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.



އެއީ 06:45 އިން 10:45 އަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ އުތުރުގެ އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. އަދި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފުޓާއި ދެމެދުގައި ކަމަށް މެޓުން ބުނެއެވެ.

މިހާރު ގުނަމުން މިދަނީ ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ކަމުގައިވާ "ބުރުނު" ނަކަތުގެ ދުވަސްތަކެވެ. މިމަހުގެ 22ވަނަ ދުވަހުން އަންނަމަހުގެ 5ވަނަ ދުވަހަށް ކުރައަށްދާ ބުރުނު ނަކަތް ފެށޭއިރު ވިއްސާރަވެފައި ވައި ގަދަވާނެއެވެ. އެހެން ނަމަވެސް ނަކަތް ނިމޭއިރު މޫސުން ރަނގަޅުވާނެއެވެ.



More from Masverin