ހައްދުންމަތިން ފެށިގެން އައްޑޫއާ ހަމައަށް ވައިޓް އެލާޓު، ދަތުރުކުރުމުގައި ސަމާލުވާން އެދެފި

Sun, 05 May 2024 11:37 AM

View on this article on Masverin

ހައްދުންމަތިން ފެށިގެން އައްޑޫއާ ހަމައަށް ވައިޓް އެލާޓު، ދަތުރުކުރުމުގައި ސަމާލުވާން އެދެފި

މޫސުން ގޯސްވެ، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.



މެޓުން އެ ސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 9:45 އިން ފެށިގެން މެންދުރުފަހު 15:45 އާއި ހަމައަށެވެ.

މެޓުން ބުނީ، އެލާޓު ނެރެފައިވާ ވަގުތުުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން އެދޭ ކަމަށެވެ.

އެ ސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވާއިރު، މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރެކެވެ.



More from Masverin