ޗައިނާ ބާޒާރުގައި ރާއްޖޭގެ ކަނޑުމަސް ވިއްކޭނެ ކަމުގެ ފެހި ސިގްނަލެއް!

Sat, 04 May 2024 10:33 PM

View on this article on Masverin

ޗައިނާ ބާޒާރުގައި ރާއްޖޭގެ ކަނޑުމަސް ވިއްކޭނެ ކަމުގެ ފެހި ސިގްނަލެއް!

ޗައިނާ ބާޒާރުގައި ރާއްޖޭގެ ކަނޑުމަސް ވިއްކޭނެ ކަމުގެ ފެހި ސިގްނަލެއް ލިބިއްޖެއެވެ.



ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ތަނުހިޔާ ކިޔަމުން ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއް ރިޕޯސްޓް ކުރަމުން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވާންގް ލީޝިންގް ވިދާޅުވީ، ފްރީޓްރޭޑް އެގްރީމެންޓް ތަސްދީގު ކުރުމާއެކު ރާއްޖޭގެ ކަނޑުމަސް ފަސޭހަކަމާއެކު ޗައިނާ ބާޒާރަށް ވިއްކޭނެ ކަމަށެވެ.

"އެފްޓީއޭ ތަސްދީގު ކުރުމާއެކު، އަވަސް މުސްތަގުބަލެއްގައި މޯލްޑިވިއަން ޓޫނާ ޗައިނާގެ ބާޒާރަށް ފަސޭހަކަމާއެކު ވިއްކޭނެ އިންތިޒާރުގައި ހުރިން" ލީޝިން ވިދާޅުވިއެވެ.

އެ ޓުވީޖަށް ޖަވާބު ދެއްވަމުން ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެކަމަށްޓަކައި މަޖިލީހުގެ އާ ދައުރު ފެށުމަށް ކެތްމަދުވެފައި ހުންނެވި ކަމަށެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ސަރުކާރު ހިއްސާވާ ޕާޓީއަށް ސުޕަ މެޖޯރިޓީ ލިބުމާއެކު، ސަރުކާރަށް ކަންކަން ނިންމުމާއި ތަންފީޒު ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށް ބެލެވެއެވެ. މިނިސްޓަރުވެސް އެ އިޝާރާތް ކުރެއްވީ އެކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވީ، ދެގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެފްޓީއޭ އެއްބަސްވުމަށް ވަރަށް އަވަހަށް އަމަލު ކުރަން ފަށާނެ ކަމަށެވެ.



More from Masverin