300 ކިލޯގެ މަސް ހިބަރެއް ބާނައި، 7000 ރުފިޔާއަށް ވިއްކާލައިފި

Sat, 04 May 2024 04:39 PM

View on this article on Masverin

300 ކިލޯގެ މަސް ހިބަރެއް ބާނައި، 7000 ރުފިޔާއަށް ވިއްކާލައިފި

348 ކިލޯގެ މަސްހިބަރެއް ބާނައި،7000 ރުފިޔާއަށް ވިއްކާލައިފިއެވެ.



ށ. މާއުނގޫދުއިން ހިބަރު ގަތް ފަރާތް ކަމުގައިވާ އަހުމަދު އާދަމްފުޅު 'މަަސްވެރިން އޮންލައިން' އަށް ބުނީ، އޭނާ އެ ހިބަރު ގަތީ، ލޮނު އަޅައިގެން ވިއްކުމަށް ކަމަށެވެ.

އަހުމަދާއެކު އިތުރު އެހެން މީހަކު މި މަސައްކަތުގައި ހަރަކާތްތެރި ވާއިރު، އެމީހުން ލޮނުއެޅިމަސް ވިއްކަނީ މާލެއަށް ކަމަށް އަހުމަދު ބުންޏެވެ.

އޭނާ މި މަސައްކަތް ކުރާތާ ވީ ހައެއްކަ މަހެވެ. އަހުމަދު ބުނީ މި ވިޔަފާރިން ފައިދާވާ ކަމަށެވެ. މި މަސައްކަތް މިގޮތަށް ކުރެވެނީވެސް އެހެންވެ ކަމަށް އޭނާ ބުންޏެވެ.

ހުޅުދޫ ބަޔަކު، ޑިންގީއެއްގައި ބޭނި މި މަސް ކަނޑައިގެން ލޮނު އެޅުމުގެ މަސައްކަތުގައި އުޅޭތީ، މާގިނަ ވާހަކަ ދައްކަން އަހުމަދަކަށް ނުހުރެވުނެވެ. ސަބަބަކީ. އެހެންވެ އިންޓަވިއު ކުރުކޮށްލައި، އަހުމަދުގެ މަސައްކަތަށް ފުރުސަތު ދެމުން ވަކިވެލީމެވެ.



More from Masverin