މަންމައަށް އިންޒާރުދީ އަނިޔާކުރި މީހަކު ހައްޔަރު ކޮށްފި

Tue, 22 Oct 2024 08:46 PM

View on this article on Khabaru Online

މަންމައަށް އިންޒާރުދީ އަނިޔާކުރި މީހަކު ހައްޔަރު ކޮށްފި

ހިޔާ 13 ވަނަ ފްލެޓްގެ އެޕާޓްމަންޓެއްގައި މަޔަކަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލައެއްގައި، ހ. އެހަޑަ، މުހައްމަދު އިސްމާއީލް (28 އަހަރު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަންމައަށް މަރުގެ އިންޒާރުދީ އަނިޔާކުރުމުގެ އިތުރުން މަންމައަތުން ފޭރުމުގެ ތުހުމަތުގައެވެ.



ފުލުހުން މައުލޫމާތު ދިން ގޮތުގައި، އިއްޔެ އިރުއޮއްސި ގަޑިން 18:17 ހާއިރު ހިޔާ 13 ގެ އެޕާޓްމަންޓަކުން މީހަކު ރޯއަޑު އިވޭތީ ފުލުހުންނަށް ރިޕޯޓުކުރެވުނެވެ. ފުލުހުން އެޕާޓްމަންޓަށް ދިއުމުން ދޮރުހުޅުވި އަންހެންމީހާ ވަނީ އޭނާގެ ދަރިފުޅުގެ އަމަލުތަކުގެ ވާހަކަ ފުލުހުންނަށް ކިޔައިދީފައެވެ. މަންމަ މަރާލާނެ ކަމަށް އިންޒާރުދީފައިވަނީ ވަޅިންނެވެ.

ކޯޓް އަމުރެއްގެ ދަށުން މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައިވާއިރު، އަނިޔާ ލިބުނު އަންހެންމީހާ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު ގެއަށް ދޫކޮށްލާފައިވެއެވެ. ފުލުހުން ދަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަމުންނެވެ.



More from Khabaru Online