ދަރަނީގެ ކަންކަމުގަ ލަފާ ހޯދަން ހެދި އެއްބަސްވުން އުވާލުމުން ނަޝީދުގެ ތައުރީފު ސަރުކާރަށް

Tue, 22 Oct 2024 08:38 PM

View on this article on Khabaru Online

ދަރަނީގެ ކަންކަމުގަ ލަފާ ހޯދަން ހެދި އެއްބަސްވުން އުވާލުމުން ނަޝީދުގެ ތައުރީފު ސަރުކާރަށް

ދައުލަތުގެ ދަރަނީގެ މައްސަލަތަކާ ގުޅޭގޮތުން ލަފައާއި އިރުޝާދު ހޯދުމަށް އެމެރިކާގެ ސެންޓަވިއުއާއެކު ވެފައިވާ އެއްބަސްވުން އުވާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއްކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.



މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ފާހަގަކުރެއްވި ގޮތުގައި، މިފަދަ އެޑްވައިޒަރުންނަކީ ރާއްޖެފަދަ ގައުމުތަކުން އިންތިހާއަށް ނާޖާއިޒު ފައިދާ ނަގަމުންދާ ފަރާތްތަކެކެވެ. ސަރުކާރުން މި އެއްބަސްވުން އުވާލާފައިވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންކަން މަޢުލޫމާތު ލިބިފައިވެއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރައީސް މުޢިއްޒު ވަނީ އެމެރިކާއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދަވާފައެވެ. މިގޮތުން ދާދި ފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރު ވަނީ އެމެރިކާއަށް ދަތުރުތަކެއް ކުރައްވާފައެވެ. އަދި މިދިޔަ މަހު އދ. އަށް ކުރެއްވި ދަތުރުފުޅުގައިވެސް ރައީސް ވަނީ އެމެރިކާގެ ބައެއް ކުންފުނިތަކާ ބައްދަލުކުރައްވާފައެވެ.

ރާއްޖޭގެ ދަރަނި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހުރީ 8.2 ބިލިއަން ޑޮލަރުގައެވެ. މިއީ ޖީޑީޕީގެ 116 ޕަސެންޓެވެ. މީގެ ބޮޑު ބައެއް ޗައިނާއާއި އިންޑިއާއަށް ދައްކަންޖެހޭ ލޯނުތަކެވެ.

The post ދަރަނީގެ ކަންކަމުގަ ލަފާ ހޯދަން ހެދި އެއްބަސްވުން އުވާލުމުން ނަޝީދުގެ ތައުރީފު ސަރުކާރަށް first appeared on Khabaru Online.



More from Khabaru Online