ހަންކެޑެ މަޝްރޫޢުގެ ފަންޑު އެއްބަސްވުމުގައި ސޮއި ނުކުރޭ، މަޝްވަރާތައް ކުރިޔަށް ދަނީ ޗައިނާގެ ކުންފުންޏަކާ އެކީ: ފައިސަލް

Wed, 23 Oct 2024 11:20 AM

View on this article on Khabaru Online

ހަންކެޑެ މަޝްރޫޢުގެ ފަންޑު އެއްބަސްވުމުގައި ސޮއި ނުކުރޭ، މަޝްވަރާތައް ކުރިޔަށް ދަނީ ޗައިނާގެ ކުންފުންޏަކާ އެކީ: ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަޙުމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން،  ހަންކެޑެ މަޝްރޫޢުގެ ފަންޑިން އެއްބަސްވުމުގައި މިހާތަނަށްވެސް ސޮއިކޮށްފައި ނުވާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެފައިވަނީ ވިދާޅުވެއްޖެއެވެ.



ވަޒީރު ފައިސަލް ވިދާޅުވިގޮތުގައި، އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރެވޭނެ ގޮތްތައް ބެއްލެވުމަށްފަހު، މިހާރު އެކަމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. މިގޮތުން ހަންކެޑެ ޕްރޮޖެކްޓަކީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އާ ހަވާލުކޮށްފައިވާ މަޝްރޫޢެއް ކަމަށާއި، އެ ކުންފުނިން މި މަސައްކަތް ކުރަނީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްގެން ކަމަށް ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވިގޮތުގައި، ޗައިނާ ކުންފުންޏާއެކު އެއްބަސްވުމަކަށް ނާދެވި ލަސްވަމުންދަނީ މަސައްކަތުގެ ފަންޑިންގގެ އިންޓަރެސްޓް ރޭޓާ ގުޅިގެންނެވެ. 142.9 މިލިއަން ޑޮލަރުގެ މި މަޝްރޫޢު ސީއެންއީއީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާރޗް 30 ގައެވެ.

މި މަޝްރޫޢުގެ ދަށުން ހަންކެޑެގައި އެކި ފަންތީގެ 2,082 ޓޫރިސްޓު އެކަމަޑޭޝަން ޤާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި 600 އެނދުގެ ދެ ގްރޭންޑް ހޮޓެލާއި، 320 އެނދުގެ ދެ ޑިލަކްސް ހޮޓެލާއި، 560 އެނދުގެ އަށް ބުޓީކް ހޮޓެލާއި، 560 އެނދުގެ އަށް ސާވިސްޑް އެޕާޓްމަންޓާއި، 32 އެނދުގެ އަށް ބީޗް ވިލާއާއި، 72 އެނދުގެ ނުވަ ބީޗް ވިލާ ހިމެނެއެވެ.

The post ހަންކެޑެ މަޝްރޫޢުގެ ފަންޑު އެއްބަސްވުމުގައި ސޮއި ނުކުރޭ، މަޝްވަރާތައް ކުރިޔަށް ދަނީ ޗައިނާގެ ކުންފުންޏަކާ އެކީ: ފައިސަލް first appeared on Khabaru Online.



More from Khabaru Online