އަމިއްލަ ކުންފުންޏަކަށް ފެނަކައިން 5 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފި

Sat, 15 Jun 2024 12:16 PM

View on this article on Khabaru Online

އަމިއްލަ ކުންފުންޏަކަށް ފެނަކައިން 5 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފި

ފެނަކައިން އަމިއްލަ ކުންފުންޏަކަށް 5 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.



މިމަހުގެ 13 ވަނަ ދުވަހު ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އިނޮވިކްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން، މަސައްކަތްކުރުވުމަށްފަހު އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާތަކެއް ފެނަކައިން ނުދައްކައި ހުރުމުން އެ ފައިސާއާއި، ފައިސާ ނުދެއްކުމުން އެރި ޖޫރިމަނާ ގާނޫނީ ވަކީލުންގެ ފީ ހޯދުމަށް ފެނަކައާއި ދެކޮޅަށް ކުރި ދައުވާއެއްގައެވެ.

އިނޮވިކްސް ޕްރައިވެޓް ލިމިޓެޑްއިން ދައުވާގައި ވާގޮތުން އެކުންފުންޏަށް ފެނަކައިން 5،183،684/84 ރ. (ފަސް މިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ހަސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ އަށްޑިހަ ލާރި) ދައްކަން ޖެހެއެވެ.

މި މައްސަލާގެ ޝަރީއަތުގައި ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން އިނޮވިކްސްއަށް ދައްކަންޖެހޭ ފައިސާތަކެއް ހުރި ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ކުންފުނިން ބުނެފައިވަނީ އިނޮވިކްސްއިން ފޯރުކޯށްދިން ހިދުމަތަށް ދައްކަންޖެހޭ ފައިސާއިން ނުދައްކައި ހުރި މިންވަރަކީ 5،167،072/85 ރ. ( ފަސް މިލިއަން އެއްލައްކަ ފަސްދޮޅަސް ހަތްހާސް ހަތްދިހަ ދެ ރުފިޔާ އަށްޑިހަ ފަސް ލާރި) ކަމުގައެވެ.

އަދި އިންވޮއިސްއަށް ދައްކަން ޖެހިފައިވާ ފައިސާ ހުރިކަމަށް ފެނަކައިން އެއްބަސްވުމާއެކު، ކޯޓުން ވަނީ އެފައިސާ އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ސިވިލް ކޯޓަށް ދެއްކުމަށް ފެނަކައިގެ މައްޗަށް ހުކުމް ކޮށްފައެވެ.

The post އަމިއްލަ ކުންފުންޏަކަށް ފެނަކައިން 5 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފި first appeared on Khabaru Online.



More from Khabaru Online