އީދު ބަންދާއި ދިމާކޮށް މޯލްޑިވިއަން އިން ހާއްސަކޮށް ޑިސްކައުންޓުތަކެއް ތައާރަފް ކޮށްފި

Sat, 15 Jun 2024 12:04 PM

View on this article on Khabaru Online

އީދު ބަންދާއި ދިމާކޮށް މޯލްޑިވިއަން އިން ހާއްސަކޮށް ޑިސްކައުންޓުތަކެއް ތައާރަފް ކޮށްފި

މިއަހަރުގެ އަޟުހާ އީދުގެ ބަންދާ ދިމާކޮށް މޯލްޑިވިއަންއިން ޚާއްސަ ޑިސްކައުންޓުތަކެއް ތައާރަފް ކޮށްފިއެވެ. މި ޕްރޮކޯޝަން ފެށުމަށް ހަމަޖައްސާފައިވަނީ މާދަމާއިން ފެށިގެންނެވެ.



މޯލްޑިވިއަންއިން ބުނެފައިވަނީ މާދަމާއިން ފެށިގެން ޚާއްސަ އަގުތަކުގައި މޯލްޑިވިއަންގެ އެކި ޑެސްޓިނޭޝަންތަކަށް ދަތުރު ކުރެވޭނެ ކަމުގައެވެ. އަދި މި ފެއަރތައް ތައާރަފްކޮށްފައިވަނީ މޯލްޑިވިއަން ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ގާއިމް ކޮށްދިނުމަށްކަމަށްވެސް މޯލްޑިވިއަންއިން ބުނެފައި ވެއެވެ.

މި ފެއަރ ހަމަޖައްސާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް މާލެ އިން ފުރާ މީހުންނަށާއި، މި މަހުގެ 17 އިން 24 ގެ ނިޔަލަށް މާލެ އަށް ރިޓާން ދަތުރު ކުރާ މީހުންނަށް ހާއްސަ ކޮށްގެންނެވެ.

މިފެއަރގެ ރޭޓްތައް އުޅެނީ 1،200ރ. އިން ފެށިގެން 750ރ. އާ ދެމެދުގައެވެ. އެގޮތުން އަގު ހަމަޖެހިފައިވަނި ބ. ދަރަވަންދޫއަށެވެ. އެއީ 749ރއެވެ. އައްޑޫއަށް ދަތުރުކުރެވޭ އަގަކީ 1،222ރ އެވެ. އަދި ފުވައްމުލަކަށް 1،155ރ އަށް ދަތުރު ކުރެވޭއިރު، ކުޅުދުއްފުއްޓާއި ހަނިމާދު އާއި ތިމަރަފުއްޓާއި ކޫއްޑު އަށް ދާން 1،111ރ. ޓިކެޓް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ފެއަރ ރޭޓްތަކަކީ ވަކި ލިމިޓަކަށް ހަޖައްސާފައި އަގުތަކަކަށް ވާތީ، ވީހާ އަވަހަށް ބުކުން ހެދުމަށް މޯލްޑިވިއަންއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އީދި ބަންދާ ދިމާކޮށް ދަތުރުފަތުރަށް ބާރު ބޮޑުވެފައިވާއިރު، މޯލްޑިވިއަންއިންވަނީ މިފަހަރުގެ އީދު ބަންދާ ދިމާކޮށް އިތުރަށް 100 އަށްވުރެ ގިނަ ދަތުރު ކުރުމަށް ހަމަޖައްސާފައެވެ.

The post އީދު ބަންދާއި ދިމާކޮށް މޯލްޑިވިއަން އިން ހާއްސަކޮށް ޑިސްކައުންޓުތަކެއް ތައާރަފް ކޮށްފި first appeared on Khabaru Online.



More from Khabaru Online