ދިވެހި ހުރިހާ ޙައްޖުވެެރިން މިހާރު ތިއްބެވީ އަރަފާތު ބިމުގައި ކަމަށާއި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމުގައި ހައްޖު މިޝަން އިން ބުނެފިއެވެ. ދިވެހި ހައްޖުވެރިން އަފަރާތު ބިމަށް ދިއުމަށް ދަތުރު ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހާޒިރުވެތިބި މުސްލިމުން މިއަދު އަރަފާތު ބިމަށް ޖަމާވާއިރު، އަރަފާތު ބިމުގައި މިއަދު ފިނި ހޫނުމިން ހުންނާނީ 45 ޑިގްރީ ސެލްސިއަސްގައި ކަމުގައި ސައުދީ އަރަބިއާގެ ރަސްމީ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
The post ދިވެހި ހުރިހާ ޙައްޖުވެެރިން މިހާރު ތިބީ އަރަފާތުގައި، ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު first appeared on Khabaru Online.