މުލަކު ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑި މިނިވަންކޮށް ވާދަކުރި، ޖޭޕީގެ އަންހެނުން ލީގުގެ ރައީސް ރީމާ އަށް

Sat, 15 Jun 2024 10:41 AM

View on this article on Khabaru Online

މުލަކު ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑި މިނިވަންކޮށް ވާދަކުރި، ޖޭޕީގެ އަންހެނުން ލީގުގެ ރައީސް ރީމާ އަށް

އިއްޔެ ބޭއްވުނު ތިން ބައި އިލެކްޝަންގެ ތެރެއިން މުލަކު ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑި ޖުމުހޫރީ ޕާޓީން ކާމިޔާބު ކޮށްފިއެވެ.



އިއްބޭއްވުނު 3 ބައި އިލެކްޝަންގެ ތެރެއިން މުލަކު ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ޖޭޕީގެ އަންހެނުން ލީގުގެ ރައީސް ރީމާ ހުސެއިންއެވެ. މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވުމާއި ގުޅިގެން ޖުމުހޫރީން ޕާޓީގެ ފަރާތުން ވަނީ އޭނާއަށް މަރުހަބާ ދަންނަވަމެވެ.

އޭނާ އިންތިޚާބުގައި ވާދަކޮށްފައިވަނި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ. އޭނާއަށް 336 ވޯޓު ލިބުނުއިރު، ޕީއެންސީގެ ޓީކެޓްގައި އޭނާއާއި ވާދަކުރި މިޒުނާ ތައުފީގަށް ލިބުނީ 282 ވޯޓެވެ. މި ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކޮށްފައެއް ނުވެއެވެ.

ތިން ރަށެއްގައި އިއްޔެ ބޭއްވި ބައި އިލެކްޝަންތަކުގައި ވޯޓުލުން ބޭއްވުނީ ދ. ކުޑަހުވަދޫ އާއި ލ.ގަމާއި މ. މުލަކުގަ އެވެ. މި ބައި-އިލެކްޝަންތަކަކީ އެ ރަށްރަށުގެ ކައުންސިލުތަކުން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބުކުރަން ބޭއްވި ބައި-އިލެކްޝަންތަކެވެ.

ދ. ކުޑަހުވަދޫ ކައުންސިލުގެ ރައީސް އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންް ކާމިޔާބުކުރީ ކޮންގްރެސްގެ ކެންޑިޑޭޓް ޖާދުﷲ ހަމީދެވެ. އޭނާ ވަނީ 826 ވޯޓް ހޯދާފަ އެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޖަމީލަށް ލިބުނީ 624 ވޯޓެވެ.

ލ. ގަމު ކައުންސިލަށް މެންބަރަކު އިންތިހާބުކުރުމަށް ބޭއްވި ބައި-އިލެކްޝަން 894 ވޯޓު ހޯދައިގެން ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަފްޒަލް ޖައުފަރެވެ. އޭނާއާ ވާދަކުރި ކޮންގްރެސްގެ ކެންޑިޑޭޓް އަލީ ނަސީރަށް ލިބުނީ 644 ވޯޓެވެ.

The post މުލަކު ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑި މިނިވަންކޮށް ވާދަކުރި، ޖޭޕީގެ އަންހެނުން ލީގުގެ ރައީސް ރީމާ އަށް first appeared on Khabaru Online.



More from Khabaru Online