އަރަފާތު ދުވަސް: ފިނިހޫނުމިން ހުރީ 45 ޑިގްރީ ސެލްސިއަސްގައި!

Sat, 15 Jun 2024 10:24 AM

View on this article on Khabaru Online

އަރަފާތު ދުވަސް: ފިނިހޫނުމިން ހުރީ 45 ޑިގްރީ ސެލްސިއަސްގައި!

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހާޒިރުވެތިބި މުސްލިމުން މިއަދު އަރަފާތު ބިމަށް ޖަމާވާއިރު، އަރަފާތު ބިމުގައި މިއަދު ފިނި ހޫނުމިން ހުންނާނީ 45 ޑިގްރީ ސެލްސިއަސްގައި ކަމުގައި ސައުދީ އަރަބިއާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފިއެވެ.



އެހެންނަމަވެސް، މިސްޓިން ސިސްޓަމްތަކުން ފެށިގެން ހީޓް ރިފްލެކްޓިވް ރޯޑް ކަވަރިންއާ ހަމައަށް ސައޫދީ އޮފިޝަލުން ދަނީ ހައްޖަށް ދާ މީހުންނަށް ހޫނުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށާއި ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ މަސައްކަތްތަކަށް ހުރަސް އެޅިދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދަނީ ދެމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ދީނީ އެއްވުން ކަމުގައިވާ، ކޮންމެ އަހަރެއްގެ ވެސް ހައްޖުގެ އަޅުކަން މިއަހަރު އަނެއްކާވެސް ސައޫދީ ހޫނު މޫސުމާ ދިމާކޮށް، އޮފިޝަލުން ލަފާކުރާ ގޮތުގައި އެވްރެޖްކޮށް 45 ޑިގްރީ ސެލްސިއަސް (111 ފެރެންހައިޓް) ހުންނާނެ އެވެ.

The post އަރަފާތު ދުވަސް: ފިނިހޫނުމިން ހުރީ 45 ޑިގްރީ ސެލްސިއަސްގައި! first appeared on Khabaru Online.



More from Khabaru Online