ނޮޅިވަރަމް ދާއިރާއަށް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވި މުހައްމަދު ރަޝީދުވެސް ޕީއެންސީއަށް ސޮއިކޮށްފި

Thu, 25 Apr 2024 12:00 AM

View on this article on Khabaru Online

ނޮޅިވަރަމް ދާއިރާއަށް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވި މުހައްމަދު ރަޝީދުވެސް ޕީއެންސީއަށް ސޮއިކޮށްފި

ނޮޅިވަރަމް ދާއިރާއަށް އިންތިޚާބުވި މުހައްމަދު ރަޝީދު ވެސް ޕީއެންސީއަށް ސޮއިކޮށްފިއެވެ. މުހައްމަދު ރަޝީދު އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 661 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާއި އެންމެ ގާތުން ވާދަކޮށްފައިވާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރި އަހުމަދު އަޝްރަފަށް ލިބިފައިވަނީ 613 ވޯޓެވެ



އެދާއިރާގެ މިހަރުގެ މެމްބަރުން މޮސްޓާއަށް ލިބުނީ 307 ވޯޓެވެ.

މުހައްމަދު ރަޝީދު ޕީއެންސީއަށް ސޮއި ކޮށްފައިވާއިރު، މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ހަ މެމްބަރަކުވެސް ވަނީ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ސޮއިކޮށްފައެވެ.

އެ ހަ ބޭފުޅުން ޕީއެންސީއަށް ސޮއިކުރެއްވި ބައްދަލުވުމުގައި ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ކެބިނެޓް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީއެންސީއަށް ސޮއި ކުރެއްވީ:

  • ހުރާ ދާއިރާގެ އިންތިހާބީ މެންބަރު ޑރ. އަނާރާ ނައީމް
  • މަތިވެރި ދާއިރާގެ އިންތިހާބީ މެންބަރު ހަސަން ޒަރީރު
  • މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ޒަމީރު
  • ތިމަރަފުށި ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ރިޔާޒް
  • ނައިފަރު ދާއިރާގެ އިންތިހާބީ މެންބަރު ޔާސީން އަބްދުﷲ
  • ވިލިނގިލި ދާއިރާގެ އިންތިހާބީ މެންބަރު އާޒިމް އަބްދުލް އަޒީޒް

މި ހަ ބޭފުޅުންގެ ތެރެއިން ނައިފަރު ދާއިރާ އަދި ވިލިނގިލީ ދާއިރާއިން ހޮވިވަޑައިގެންނެވި ދެ ބޭފުޅުން ފިޔަވާ ދެން ތިއްބެވި ބޭފުޅުންނަކީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ނަމަވެސް ސަރުކާރުގެ ތާއީދާ އެކު ނުކުންނެވި މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އެންޓި ޑިފެކްޝަން ގާނޫނު އޮތްގޮތުން މެމްބަރެއްގެ ގޮޑިއާމެދު ސުވާލު އުފެދޭނީ ދައުރުގެ ތެރޭގައި މެމްބަރަކު ޕާޓީ ބަދަލުކޮށްފި ނަމައެވެ. މެމްބަރެއްގެ ގާނޫނީ ދައުރު ފެށިގެން ދާނީ މެމްބަރުކަމުގެ ހުވާ ކުރެއްވުމަށްފަހުއެވެ. 20 ވަނަ މަޖިލީހަށް އިންތިޚާބުވި މެމްބަރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މޭމަހުގެ 18 ވަނަ ދުވަހުއެވެ.

The post ނޮޅިވަރަމް ދާއިރާއަށް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވި މުހައްމަދު ރަޝީދުވެސް ޕީއެންސީއަށް ސޮއިކޮށްފި first appeared on Khabaru Online.



More from Khabaru Online