އެންގޭޖުވި ވާހަކަ ކުޝާލް އާއި ޝިވާންގީ ދޮގުކޮށްފި

Sat, 04 May 2024 03:17 PM

View on this article on Khabaru Online

އެންގޭޖުވި ވާހަކަ ކުޝާލް އާއި ޝިވާންގީ ދޮގުކޮށްފި

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ހިންދީ ޓިވީ ޑްރާމާ ސިލްސިލާ "ބަރްސާތޭ – މޯސަމް ޕިޔާރްކާ" ގެ ލީޑުން ފެނިގެންދިއަ ދެ ތަރިން ކަމުގައިވާ ކުޝާލް ޓަންޑަން އާއި ޝިވާންގީ ޖޯޝީ އެންގޭޖް ވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަށް އެދެތަރިން ދޮގު ކޮށްފިއެވެ.



އެކުގައި ކާމިޔާބު ޑްރާމާ އެއް ކުޅުނު މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާއިން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަނީ ބުނެފައިއެވެ. ނަމަވެސް މި ދެތަރިން ކުރެ އެއްވެސް ތަރިއެއް އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ހާމަ ކޮށްފައިއެއް ނުވެއެވެ.

ބައެއް މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ދެތަރިން ވަރަށް އަވަހަށް އެންގޭޖް ވާނެއެވެ. އަދި ހަމަ އެއާއި އެކުގައި މި ދެތަރިން ގެ އެންގޭޖް އަށް ފަހު މާލަސްތަކެއް ނުވެ ކައިވެނި ކުރާނެ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.

ނަމަވެސް މީޑިއާ ރިޕޯޓް ތަށް ދޮގު ކޮސް ދެތަރިން މި ވަނީ އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކައިފައެވެ. އެގޮތުން ޝީވާންގީ ބުނެފައިވަނީ އޭނާ އަށް ފެތުރޭ ހަގީގަތެއް ނެއް ހަބަރު ނުވަތަ ރޫމާ ތަކަކީ ވަރަށް މަޖާ އެއްޗެއް ކަމެވެ.

ހަމަ އެފަދައިން އެވާހަކަ ތަކަށް ރައްދު ދެމުން ކުޝާލް ވެސް ބުނެފައި ވަނީ ހަބަރެއް ލިއާ އިރުގައި އެހަބަރެއްގެ ދޮގު ތެދު ބަލާލަށް ވާނެ ކަމަށެވެ. އަދި އޭނާ ހުރީ ތައިލޭންޑްގުގައި މާޝަލް އާޓްސް ގެ ކްލާސްތަކެއް ނެގުމަށް ގޮސްފައި ކަމަށާއި އެހެންވެ އެންގޭޖް ވާނީ ކިހިނެއް ތޯ ވަނީ ސުވާލު ކޮށްފައިއެވެ.

އާންމުން ގެ މެދުގައި ޝިވާންގީ މަޝްހޫރު ވެގެން ގޮސްފައިވަނީ ސްޓާ ޕްލަސް އިން ގެނެސްދިން "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނައިރާގެ ރޯލް ކުޅެގެންނެވެ. އެފަހުން އޭނާ ވަނީ ކާމިޔާބު ޑްރާމާ ތަކެއްގައި މަސައްކަތް ކޮށްފައިއެވެ. ކުޝާލް ވަނީ "އެކް ހަޒާރޯން މެ މޭރީ ބެހެނާ" އާއި "ބޭހަދް" ފަދަ ކާމިޔާބު ޑްރާމާ ތަކުގައި މަސައްކަތް ކޮށްފައިއެވެ. އަދި އޭނާ ވަނީ ރިއަލިޓީ ޝޯވ ތަކުގައިވެސް ވާދަކޮށްފައިއެވެ.

The post އެންގޭޖުވި ވާހަކަ ކުޝާލް އާއި ޝިވާންގީ ދޮގުކޮށްފި first appeared on Khabaru Online.



More from Khabaru Online