ފޮރުވިގެން ތިބެ ވެބްސައިޓުތައް ހިންގާތީ ހަލީލްގެ ރައްދު: ތިއީ ރަނޑު ބައެއް!

Sat, 04 May 2024 02:35 PM

View on this article on Khabaru Online

ފޮރުވިގެން ތިބެ ވެބްސައިޓުތައް ހިންގާތީ ހަލީލްގެ ރައްދު: ތިއީ ރަނޑު ބައެއް!

ކާކުކަން ނޭނގޭ ގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގައި ނިއުސް ވެބްސައިޓުތައް ހިންގާ ފަރާތްތަކަކީ "ރަނޑު" ބައެއްގެ ގޮތުގައި ސިފަ ކުރައްވައި ރައީސް އޮފީހުގެ ސްޓްރެޓީޖިކް، ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް، އެ ފަރާތްތަކަށް ވަރުގަދަ ރައްދެއް އިއްޔެ ދެއްވައިފިއެވެ.



ޕީއެސްއެމްގެ އަހަރީ ދުވަހާއި ދުނިޔޭގައި ފާހަގަ ކުރާ ނޫސްވެރިންގެ ދުވަހާ ގުޅިގެން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ހަލީލް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް ރާއްޖޭގައި އޮތް "ބްލެކްލިސްޓް" މީޑިއާތަކުގެ ލިސްޓު އުވާލާފައިވާ ކަމަށެވެ.

ހަލީލް ވިދާޅުވީ ފޮރުވެގެން ތިބެ ނިއުސް ވެބްސައިޓްތައް ހިންގަމުން އަންނަ އިރު، އޭގައި ދޮގެއް، ތެދެއް ވަކި ކުރަން ނޭނގޭ ކަމަށެވެ. އަދި ކަނޑައެޅިގެން ބުހުތާނު ދޮގު ހަދައިގެން އެ ނިއުސް ވެބްސައިޓުތަކުގައި އާޓިކަލްތައް ލިޔަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އަށް ޑިމޮކްރެސީ ގެންނަން އުޅުނު ދުވަސްވަރު އެކި މީސްމީހުން އަޑީގައި ތިބެގެން ފޮރުވިގެން ތިބެ ވެބްސައިޓު ހިންގިޔަސް މި ޒަމާނަކީ ބޭނުން ވާހަކައެއް ބޭނުން ޓީވީ ޗެނަލަކުން ދައްކައި އަދި އޮންލައިން މީޑިއާގައި ލިޔެވޭ ޒަމާން ކަމަށް ހަލީލް ވިދާޅުވިއެވެ.

އެހެންވެ، ހަލީލް ވަނީ ފޮރުވިގެން ތިބެ ރާއްޖޭގައި ނިއުސް ވެބްސައިޓުތައް ހިންގާ މީހުން ވެސް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ކެރިގެން ނޫސްވެރިކަން ކުރުމަށް ގޮވާލައްވައިފައެވެ.

"މިހާރު ބޭނުން އާޓިކަލެއް ލިޔެވޭ ނޫންތޯ؟ ދެން އެހާ ރަނޑުކޮށް އަމިއްލަ އަށް ކޮން ބައެއް ކަން ނޭނގޭ ގޮތަށް އެއްޗެހި ލިޔެ އުޅުމަކީ، ތަންކޮޅެއް ރަނޑު ނޫންތޯ؟ އަޅުގަނޑަށް ތަންކޮޅެއް ރަނޑު މި ބަސް ބޭނުންކުރެވެނީ ވެސް. ހަމަ ކެރިގެން ނުކުމެ ސަރުކާރަށް ފާޑުކިޔަންވީ ނޫންތޯ؟ ހަމަ ކެރިގެން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ފާޑުކިޔަންވީ ނޫންތޯ؟ ސަރުކާރުން ހިންގާ ކަންތައްތަކަށް ވެސް ފާޑު ކިޔަން ވީ ނޫންތޯ؟،" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ފޭސްބުކް، އެކްސް ފަދަ ސޯޝަލް މީޑިއާތަކުގައި އެކައުންޓުތައް ހަދައިގެން ސަރުކާރަށް ފާޑު ކިޔަމުންދާ އިރު، އެމީހުން ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލުކޮށް، ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގައި ނޫސްވެރިކަން ކުރުމަށް ވަރަށް ފަހި ފުރުސަތެއް އޮތް ކަމަށާއި އެ މިނިވަންކަން އޮތީ ތަންމިނަށް ހުޅުވާލެވިފައި ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.

The post ފޮރުވިގެން ތިބެ ވެބްސައިޓުތައް ހިންގާތީ ހަލީލްގެ ރައްދު: ތިއީ ރަނޑު ބައެއް! first appeared on Khabaru Online.



More from Khabaru Online