ބާރްތީ އޮޕަރޭޝަނެއް ކުރަނީ

Sat, 04 May 2024 02:15 PM

View on this article on Khabaru Online

ބާރްތީ އޮޕަރޭޝަނެއް ކުރަނީ

އިންޑިއާގެ މަޝްހޫރު ކޮމޭޑީއަން/ ހޯސްޓް ބާރްތީ ސިންގް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ފަށައިފައިއެވެ. އޭނާ އެޑްމިޓް ކޮށްފައިވަނީ މުމްބާއީގެ ކޮކިލާބެން ހޮސްޕިޓަލުގައި އެވެ.



ހޮސްޕިޓަލުގައި އޮވެގެން ނަގައިފައިވާ ވީޑިއޯ ތަކެއް އޭނާ އަންނަނީ އާންމު ކުރަމުންނެވެ. ބާރްތީ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ބަނޑުގައި ރިއްސާތީ އެވެ. އެކަމަށް ހެދި ޓެސްޓްތަކުން ބާރްތީގެ ގޯލްޑްބްލެޑާގައި ހިލަ އުފެދިފައި ހުރުމުގެ ސަބަބުން އޮޕަރޭޝަނެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭނާގެ ޔޫޓީއުބް ޗެނަލް ގައި އާންމު ކުރަމުން އަންނަ މި ވީޑިއޯ ތަކުގައި އޭނާ އަންނަނީ ލައިފް އަޕްޑޭޓް ތަށް ހިއްސާ ކުރަމުންނެވެ. އަދި ހޮސްޕިޓަލުގައި އޭނާ އޮތް އިރުގައި މި ވީޑިއޯ ތަކުން އޭނާ ގެ ފިރިމީހާ ހަރްޝް ލިމްބަޗިއާ ވެސް ފެނިގެން ދެއެވެ.

މި ވީޑީއޯ ތަކުގައި އޭނާގެ ދަރިފުޅު މަތިން ވަރަށް ބޮޑަށް ހާދާން ވާ ކަމަށާއި އޭނާ އަށް އަވަސް ޝީފާއެއް ލިބުމަށް އެދި ދުއާ ކޮށްދިނުމަށް ވަނީ ބެލުންތެރިންގެ ކިބައިން އެދިފައިއެވެ.

އުމުރުން 38 އަހަރުގެ ބާރްތީ އާއި 36 އަހަރުގެ ހާޝް ކައިވެނި ކުރީ 2017 ވަނަ އަހަރުގައިއެވެ. އެދެމަފިރިންނަށް ދަރިއަކު ލިބުނީ 2022 ވަނަ އަހަރުގައިއެވެ. އެދެމީހުން ނަކީ ވެސް އިންޑިއާގައި މަގުބޫލު ދެ މޫނެވެ.

 

The post ބާރްތީ އޮޕަރޭޝަނެއް ކުރަނީ first appeared on Khabaru Online.



More from Khabaru Online