ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓުގެ އޮފީހުގައި ހުޅު ޖަހައިފި

Tue, 16 Apr 2024 06:13 PM

View on this article on Khabaru Online

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓުގެ އޮފީހުގައި ހުޅު ޖަހައިފި

ހދ. ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓު ފަރުހަތު މުހައްމަދުގެ އޮފީހުގައި އަލިފާން ރޯކޮށްލައިފިއެވެ.



ފުލުހުން މިއަދު ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ.

މި އޮފީހުގައި ރޯކޮށްލާ މަންޒަރު ފެންނަ ވީޑީއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ އެ ތަނުގައި ރޯކޮށްލުމަށް ފަހު ދެ މީހަކު ފިލާ މަންޒަރެވެ. އެމީހުން ތިބީ ވިއްސާރަ ކޯޓް ލައި, މޫނު ނިވާކޮށްގެންނެވެ.

އެކަމެއް ހިނގާފައި ވަނީ ރޭ ދަންވަރު 3:45 ހާއިރެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާ އަށް ތިން ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ ފަރުހަތުގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އަމިއްލަ ގޮތުން ވާދަކުރައްވާ އައިމަން މުހައްމަދެވެ.

 

 

The post ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓުގެ އޮފީހުގައި ހުޅު ޖަހައިފި first appeared on Khabaru Online.



More from Khabaru Online