"ބަވަތި" އެމްއެސް ވީޑިއޯ ކުލަބަށް

Tue, 30 Apr 2024 11:52 AM

View on this article on Khabaru Online

"ބަވަތި" އެމްއެސް ވީޑިއޯ ކުލަބަށް

2019 ވަނަ އަހަރު އޮލިމްޕަސް ސްކްރީނުގައި ރިލީޒްކުރި ކާމިޔާބު ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" މީޑިއާނެޓްގެ ވީޑިއޯ ކުލަބުން ޕްރީމިއާކުރަން ނިންމައިފި އެވެ.



"ބަވަތި" އަކީ އެ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ނަން ވިދާލި ފިލްމެކެވެ. އިލްޔާސް ވަހީދު (އިއްލެ) ގެ ފުރަތަމަ ފީޗާ ފިލްމު ކަމުގައިވާ "ބަވަތި" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބި ތައުރީފް ވެސް ލިބުނެެވެ.

މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1 އެވެ. އެގޮތުން މިހާރު ވަނީ  އެކަން އިއުލާން ކޮށް "ބަވަތި" ގެ ޓްރެއިލާއެއް ވެސް އާންމުކޮށްފަ އެވެ.

 

View this post on Instagram

 

A post shared by MS Videoclub (@msvideoclub)

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު މި ފިލްމުގެ ލީޑް ރޯލު ކުޅުނީ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އިފްނާޒް ފިރާގެވެ. އިއްލެގެ ފުރަތަމަ ފީޗާ ފިލްމުގެ ގޮތުގައި އަދި އޭނަގެ އައި ފިލްމްސް އިން ގެނެސްދިން "ބަވަތި" ގެ އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު ރަޝީދު ދަރާ) އަދި ފާތުމަތު ލަތީފާ ވެސް ހިމެނެ އެވެ.

އިއްލެގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފެބްރުއަރީގައި އޮލިމްޕަހުގައި އެޅުވި ބިރުވެރި ފިލްމު "ކަންބަޅި" އެވެ.

 

The post "ބަވަތި" އެމްއެސް ވީޑިއޯ ކުލަބަށް first appeared on Khabaru Online.



More from Khabaru Online