އަންނަ އަހަރުގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ހަމަޖެއްސީ ރޯދަމަހުގެ ފަހުދިޔަ އާއި ދިމާވާގޮތަށް

Tue, 30 Apr 2024 11:39 AM

View on this article on Khabaru Online

އަންނަ އަހަރުގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ހަމަޖެއްސީ ރޯދަމަހުގެ ފަހުދިޔަ އާއި ދިމާވާގޮތަށް

އަންނަމަހުގެ 26 ގައި ފެށޭ ދިރާއީ އަހަރު ނިމި، ބޮޑު ޗުއްޓީ ދެން އަންނަ ރޯދައަކާއި ދިމާގޮތަށް އެކަޑަމިކް ކަންޑަރަށް ބަދަލު ގެނައުމަށްފަހު މިއަދު އާންމު ކޮށްފިއެވެ.



އެޑިއުކޭޝަން މިނިސްޓްރީން ކުރިން އާންމު ކުރި އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން އަންނަ މަހު ފެށޭ ދިރާސީ އަހަރު ނިމިނި ބޮޑު ޗުއްޓީ ލިބޭ ގޮތަށް އޮތީ 2025ގެ ފެބްރުއަރީ 23 އިން މާޗް 6 އަކަށެވެ. އަދި އެއަހަރުގެ ކިޔެވުން ފެށޭގޮތަށް އޮތީ މާރޗްމަހުގެ 9ގައެވެ.

އެހެންނަމަވެސް މިއަދު އާންމުކުރި ކަލަންޑަރުގައިވާ ގޮތުން މިހާރު ސްކޫލްތަކުގެ ބޮޑު ޗުއްޓީވަނީ ރޯދަމަހުގެ ފަހު ދިހައަކާއި ދިމާވާގޮތަށް ފަހަތަށް ޖައްސާފައެވެ.

އެކަޑަމިކް ކަލަންޑަރުގައި ހިމަނާފައިވާ މުހިންމު ތާރީޚުތައް:

  •  ދިރާސީ އަހަރު ފެށުން: މޭ 26، 2024
  •  ފުރަތަމަ ޓާމް އެގްޒާމް: 8 – 21 ސެޕްޓެމްބަރު އަށް
  •  ފުރަތަމަ ޓާމް ޗުއްޓީ: 29 ސެޕްޓެމްބަރު – 3 އޮކްޓޯބަރު އަށް
  •  ދެވަނަ ޓާމް ފެށުން: އޮކްޓޯބަރު 6، 2024
  •  ދެވަނަ ޓާމް އެގްޒާމް: 15 – 27 ފެބްރުއަރީ 2025 އަށް
  •  ބޮޑު ޗުއްޓީ: 9 މާޗް – 3 އޭޕްރީލް 2025 އަށް

މިއަދު އާންމުކުރި އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ އެޕްރިލް 6 ގައެވެ. އެގޮތުން އަންނަ އަހަރުގެ ރޯދަމަސް ފެބްރުއަރީ 28ގައި ފެށޭއިރު، ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިބޭގޮތަށް ހަދާފައިވަނީ ރޯދަމަހުގެ ފަހު 10 ބޮޑު ޗުއްޓީއަށް ވަންނަ ގޮތަށެވެ.

2026އިން ފެށިގެން ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން ޖެނުއަރީގައި ފަށާގޮތަށް މި ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އަންނަ އަހަރު ބޮޑު ޗުއްޓީ ޑިސެމްބަރުގައި ލިބޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

ސްކޫލްތަކުގެ ކިޔެވުން ނިންމާ، މިއަދު ސްކޫލްތަކުގެ ރިޕޯޓު ފޯމް ދޭނެއެވެ. އަދި އަންނަ މަހުގެ 25 އާއި ހަމައަށް ކުރިޔަށް ދާނީ ސްކޫލްތަކުގެ ބޮޑު ޗުއްޓީއެވެ.

The post އަންނަ އަހަރުގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ހަމަޖެއްސީ ރޯދަމަހުގެ ފަހުދިޔަ އާއި ދިމާވާގޮތަށް first appeared on Khabaru Online.



More from Khabaru Online