ކުޅުދުއްފުއްޓަށް އަނެއްކާވެސް އަލުން ކަރަންޓް ދީފި

Tue, 16 Apr 2024 06:03 PM

View on this article on Khabaru Online

ކުޅުދުއްފުއްޓަށް އަނެއްކާވެސް އަލުން ކަރަންޓް ދީފި

ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އާ އިންޖީނު އިންސްޓޯލްކުރުމުގެ ތެރޭގައި މިއަދު ކަރަންޓް ކެނޑިފައި ވަނިކޮށް މައްސަލަ ހައްލުކޮށް މުޅި ރަށަށް އަލުން ކަރަންޓު ދީފި އެވެ.



ފެނަކައިން ބުނީ މުޅި ރަށުން ވަނީ ޙިދުމަތް މެދުކެނޑުނީ އަލަށް ގެންދިޔަ 800 ވޯޓްބެ އިންޖީން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރެވެމުން ދަނިކޮށް، ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އެއް މެގަވޮޓް އިންޖީނެއްގެ ޑައިނަމޯއަށް ދިމާވި މައްސަލައަކާ ހެދި ކަމަޑެވެ.

ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓް ދީފައިވާ ކަމަށް ބުންޏެވެ.

މިދިޔަ ރޯދަ މަހުގެ ތެރޭގައި ކުޅުދުއްފުއްޓަށް ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައާ ގުޅިގެން މި މަހުގެ ކަރަންޓު ބިލުތަކުން 50 ޕަސެންޓް ޑިސްކައުންޓު ދޭން ފެނަކައިން އޮތީ ނިންމައިފަ އެވެ.

ކުޅުދުއްފުށިން އިއްޔެ ވެސް ކަރަންޓް ކެނޑުނެވެ. އެ މައްސަލަ ރޭ ހަައްލުކުރީ، ސްޓެލްކޯގެ ޓީމެއް އެ ސިޓީ އަށް ގޮސް ފެނަކައާ ގުޅިގެން ކުރި މަސައްކަތުންނެވެ. ކަރަންޓް ކެނޑޭ މައްސަލައާ ގުޅިގެން ރައްޔިތުން ކުރިން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

The post ކުޅުދުއްފުއްޓަށް އަނެއްކާވެސް އަލުން ކަރަންޓް ދީފި first appeared on Khabaru Online.



More from Khabaru Online