ދިވެހިންގެ ބަޔަކާއި އިންޑިއާގެ ބަޔަކާ ދެމެދު މާރާމާރީއެއް ހިނގާ އެކަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެވިއެވެ. ފުލުހުން ބުނެފައިވަނީ މި މާރާމާރީއާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ދިވެއްސެއް ކަމުގައެވެ.
މިރޭ ނުވައެއް ޖަހާކަންހާއިރު ހުޅުމާލޭ ސެންޓްރަލް ހޮސްޕިޓަލް ކައިރީގައި ހިނގި މިމާރާމާރީގައި ދެމީހަކު ވަރަށް ބޮޑަށް ޒަޚަމް ވެފައި ވެއެވެ. އެ ދެމީހުންނަށްވެސް ފަރުވާދެމުންދަނީ ހުޅުމާލޭ ހޮސްޕިޓަލްގައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ ސެންޓްރަލް ޕާކްތެރޭގައި ތިބި ދިވެހިންގެ ބަޔަކާއި އިންޑިއާ ބަޔަކާ ދެމެދުއެވެ.
މިމައްސަލާގައި އެކަކު ހައްޔަރުކޮށް، އަދި މައްސަލަ ތަގުގީގުކުރަމުންދާ ކަމުގައި ފުލުހުން ބުނެފައި ވެއެވެ.
The post ދިވެހި ބަޔަކާއި އިންޑިއާ ބަޔަކާ ދެމެދު މާރާމާރީ ހިނގާ އެކަކު ހައްޔަރު ކޮށްފި first appeared on Khabaru Online.