ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމުގެ ނައިބުންގެ ގޮތުގައި ދެ މަގާމް އުފައްދަނީ

Mon, 29 Apr 2024 09:41 PM

View on this article on Khabaru Online

ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމުގެ ނައިބުންގެ ގޮތުގައި ދެ މަގާމް އުފައްދަނީ

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ ނައިބުގެ ގޮތުގައި ދެ މަގާމު އުފައްދަން ރައްޔިތުންގެ މަޖިލީގުގެ ގަވާއިދު އިސްލާހުކޮށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ އާއްމު ކޮމިޓީން މަޖިލީޙުގެ ގަވާއިދަށް ގެންނަން ހުށަހެޅި މި އިސްލާހުގައި ވަނީ، މަޖިލީހުގެ ހިންގުމުގެ ދާއިރާއިންނާއި ގާނޫނީ ދާއިރާއިން މަޖިލީހުގެ އަމީންއާއްމަށް އެހީތެރިވެ ދިނުމަށްޓަކައި އަމީންއާންމުގެ ނައިބުގެ ގޮތުގައި ދެ މަގާމް އުފެއްދިދާނެ ކަމަށެވެ.

އެއީ މަޖިލީހުގެ އާއްމު ހިންގުމާއި މާލީ ޒިންމާ އާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގައި މަޖިލީހުގެ އަމީންއާންމަށް އެހީތެރިވެ ދިނުމަށްޓަކައި އުފައްދާ އަމީންއާންމުގެ ނައިބުގެ މަގާމަކާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ އެންމެހައި މަސައްކަތްތަކުގައި އަމީންއާންމަށް އެހީތެރިވެ ދިނުމަށްޓަކައި އުފައްދާ އަމީންއާންމުގެ ނައިބުގެ މަގާމެއް ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލީހުގެ އަމީންއާންމުގެ މަގާމު ހުސްވެއްޖެ ހިނދެއްގައި ނުވަތަ އަމީންއާންމު، އޭނާގެ މަގާމުގެ ވާޖިބުތައް އަދާ ކުރުމަށް އުޒުރުވެރި ވެއްޖެ ހިނދެއްގައި، ވަގުތީގޮތުން އެ މަގާމުގެ ވާޖިބުތައް އަދާކުރާނީ، މަޖިލީހުގެ އަމީންއާންމުގެ ނައިބުން ކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.

މި ބަދަލަކީ މަޖިލީހުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގެނައި ބަދަލެކެވެ.

The post ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމުގެ ނައިބުންގެ ގޮތުގައި ދެ މަގާމް އުފައްދަނީ first appeared on Khabaru Online.





More from Khabaru Online