އައްޑޫ ހަންކެޑެ ބުރިޖުގައި ތާރަ އަޅަން ފަށައިފި

Mon, 29 Apr 2024 09:38 PM

View on this article on Khabaru Online

އައްޑޫ ހަންކެޑެ ބުރިޖުގައި ތާރަ އަޅަން ފަށައިފި

އައްޑޫ ހަންކެޑެ ބުރިޖުގައި ތާރަ އަޅަން ފަށައިފިއެވެ.



ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކްގައި (four-lane detour link) ތާރު އެޅުމުގެ މަސައްކަތް ވަނީ މިމަހުގެ 18 ވަނަ ދުވަހު ފެށިފައވާކަމުގައެވެ. އަދި މި މަޝްރޫޢުގައި ދެ ބްރިޖާއި ތިން އެމްބޭންކްމަންޓސް ހިމެނޭކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ލިންކްގެ ދިގުމިނުގައި 1.463 ކިލޯމީޓަރު ހުންނައިރު މިއަދާއިހަަމައަށް 200 މީޓަރު ސަރަހައްދެއްގައި ތާރު އަޅާފައިވާކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގަރާރަކުން ސަރުކާރުގެ ޓުއަރިޒަމް ރިއަލްއެސްޓޭޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް ސަރަހައްދަކަށް ހަންކެޑެ ކަނޑައަޅާފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. ހަންކެޑެގައި ރިސޯޓެއް ތަރައްގީ ކުރަން މިހާތަނަށް ފަސް ފަހަރެއްގެ މަތީން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެކަން ހަގީގަތަކަށް ނުވެ އޮއްވައި ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖުނަންޓް ކޯޕަރޭޝަނުން ވަނީ ހަންކެޑެ ތަރައްގީކުރުމަށް އިއުލާނުކޮށް ޑިޒައިންގެ ފޮޓޯތައް އާއްމުކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ނުހެދި އޮތް އިންޓަގްރޭޓެޑް ޓޫރިޒަމަށް އައްޑޫ ހަންކެޑެ ތަރައްގީކުރަން ސީއެންއީއީސީ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހުގައެވެ. އެ ކުންފުނިން ހަންކެޑެގައި 1،041 ކޮޓަރި ހެދުމަށް ވަނީ ނިންމައިފައެވެ. އެއީ 2،082 ޓުރީސްޓު އެނދެވެ. ހަންކެޑޭގައި އެއްފަހަރާ 25،000 ޓޫރިސްޓުންނަށް ހިދުމަތް ދެވެން ހުންނާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ މިމަހު 15ގައެވެ. އައްޑޫގައި ބޭއްވި އެ ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ ބިންގާ އަޅުވައިދެއްވީ ހޯމް މިނިސްޓަރު އިހުސާން އަލީ އަދި ހެންކެޑެ މަޝްރޫއުގެ ކޮންޓްރެކްޓަރު، ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) ވައިސް ޕްރެސިޑެންޓް ޖިން ކިހޯއެވެ.

ހަންކެޑެ މަޝްރޫއުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންގޮސްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

The post އައްޑޫ ހަންކެޑެ ބުރިޖުގައި ތާރަ އަޅަން ފަށައިފި first appeared on Khabaru Online.



More from Khabaru Online