ފަހު ހާފްގައި މޮޅު ކުޅުމެއް ކުޅެ ދަނޑުން ފައިބާނީ މޮޅުވެގެން: ސައުދު

Tue, 19 Sep 2023 11:59 AM

View on this article on Khabaru Online

ފަހު ހާފްގައި މޮޅު ކުޅުމެއް ކުޅެ ދަނޑުން ފައިބާނީ މޮޅުވެގެން: ސައުދު

މިހާރު ކުރިޔަށްދާ ރިޔާސީ އިންތިޚާބުގެ ފަހު ބުރު ރައީސް ސާލިހު ކާމުޔާބު ކުރައްވާނެ ކަމަށާއި، ފަހު ހާފުގައި މޮޅު ކުޅުމެއް ކުޅެ ދަނޑުން ފައިބާނީ މޮޅުވެގެން ކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭން މިހާރު ކުރިޔަށްދާއިރު، ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސާލިހު އަކީ ދިވެހި ރައްޔިތުންގެ ރައީސް ކަމަށާއި، ރައީސް ސާލިހު ދެވަނަ ދައުރަކަށް ނިކުންނެވީ 2018 ގައި ކަޅުތެޔޮ ޖެހި މީހުންވެސް ބާކީ ނުކޮށްލާ ކަމުގައެވެ.

އިތުރަށް ސައުދު ވިދާޅުވީ ރައީސް ސާލިހު 2018 ގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް ކަރަންޓު ކަނޑާލި ފެނަކަ މުވައްޒަފުވެސް އަދިވެސް ހުރީ ވަޒީފާގަ ކަމުގައެވެ.

https://x.com/saudullaahmed1/status/1703735148758622685?s=20

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އިނދިކޮޅު ކެނޑިޑޭޓް ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސް ސާލިހުވެސް ވިދާޅެވެފައިވަނީ، މެޗްގެ ފުރަތަމަ ބުރުން އެމްޑީޕީ ބަލިވި ނަމަވެސް، އަދި މެޗް ނުނިމޭ ކަމުގައެވެ. އަދި ރައީސް ސާލިހު ވިދާޅުވެފައިވަނީ ދެވަނަ ހާފްގައި އިތުރަށް ދެގޯލް ޖަހާ މެޗް ކާމިޔާބު ކުރާނެ ކަމުގައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު %46 އިން ކާމިޔާބު ކުރެއްވީ އިދިކޮޅު ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުއިއްޒު އެވެ. ދެވަނަ ހޯއްދެވީ %39 ހޯއްދަވައިގެން ރައީސް އިބުރާހިމް މުހައްމަދު ސާލިހުއެވެ.

The post ފަހު ހާފްގައި މޮޅު ކުޅުމެއް ކުޅެ ދަނޑުން ފައިބާނީ މޮޅުވެގެން: ސައުދު first appeared on Khabaru Online.



More from Khabaru Online