ސިޓީކައުންސިލަށް އެމްޑީޕީގެ ކޮންސަލްޓެންޓުން ނެގިކަމަށް ބުނާ ވާހަކަ އުނިކުރުމަށް ފައްޔާޒު އަންގަވައިފި

Sat, 12 Oct 2024 07:18 PM

View on this article on Kaafu Online

އެމްޑީޕީގެ މޭޔަރުގެ ހައިސިއްޔަތުން އަމާޒަކީ މާލޭ ރައްޔިތުންނަށް ކަންކަން ކޮށް ދެއްކުން ކަމަށް މޭޔަރ އާދަމް އާޒިމް ވިދާޅުވެއެވެ. އަދި އޭނާގެ އަމާޒަކީ އެންމެންގެ މަޝްވަރާއާއެކު އެންމެންނާ ގުޅިގެން ކުރިއަށް ދިއުން ކަމުގައި ވިދާޅުވިއެވެ.



ހޮނިހިރު ދުވަހު ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ކުރިއަށް ގެންދާ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ވާޖަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ކުރާ މަސައްކަތުން ނަތީޖާ ޙާޞިލުކޮށް ދެއްކޭނީ، ރަޙުމަތްތެރި ކަމުގެ މާޙައުލެއްގައި އެންމެންނާ ގުޅިގެން މަސައްކަތް ކުރުމުންނެވެ. އަދި އެމަޤްޞަދު ޙާޞިލު ކުރުމަށްޓަކައި، މަސައްކަތުގެ މާޙައުލު ސިޔާސަ ނުކުރައްވާ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

“އަޅުގަނޑު ކަން ކުރާ ގޮތަކީ ރައްޔިތުންނާ ގުޅުން ހުރިކަންކަން ނޫނީ (މަޝްވަރާއަށް) ނުގެންދަނީ.” އާޒިމް ވިދާޅުވިއެވެ.

މޭޔަރު ވަނީ ޕީއެންސީގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލްގެ މެމްބަރުންގެ ފަރާތުން އޭނާގެ މަސައްކަތަށް ލިބެމުންދާ އެއްބާރުލުން ފާހަގަ ކުރައްވައި އެބޭފުޅުންނަށްވެސް ހެޔޮބަސް ރައްދު ކުރައްވާފައެވެ.

ޢާޒިމް ވިދާޅުވީ ސިޓީކައުންސިލްގައި އޭނާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ސަރުކާރުގެ ފަރާތުން އެއްވެސް ހުރަހެއް ކުރިމަތި ނުކުރާ ކަމަށެވެ. އެގޮތުން އޭނާ ބޭނުންފުޅުވި އަދަދަށް އޭނާގެ ޕާޓީ، އެމްޑީޕީގެ މެމްބަރުން ކޮންސަލްޓެންޓުންގެ ގޮތުގައި ނެގުމަށް ވެސް އޭނާއަށް އެއްވެސް ހުރަހެއް ކުރިމަތިވެ ވަޑައިނުގެން އެކަންވެސް އެގޮތުގައި އޮމާން ކަމާއެކު ކުރިއަށް ގެންދެވުނު ކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ކުރިއަށް ގެންދާ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި މޭޔަރު އެވާހަކަތައް ހާމަކުރެއްވުމުން، އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒް ފައްޔާޒް އިސްމާޢީލު ވަނީ ޓުއީޓު ކުރާއިރު އެމްޑީޕީއަށް ނިސްބަތްވާ ކޮންސަލްޓެންޓުން ނެގިކަމަށް މޭޔަރު ވިދާޅުވި ބަސްފުޅު ސެންސަރު ކުރުމަށް އަންގަވާފައެވެ.



More from Kaafu Online