ފުރަމާނަ ދަތުރުފުޅެއްގައި އަންނަ އަހަރު މޮދީ ރާއްޖެ ވަޑައިގަންނަވާނެ

Wed, 09 Oct 2024 11:05 AM

View on this article on Kaafu Online

ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ރާއްޖެއަށް ވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދަޢުވަތު އިންޑިއާގެ ބޮޑު ވަޒީރު ޤަބޫލު ކުރައްވައިފިކަމަށް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އިއުލާން ކުރައްވައިފި އެވެ. ފޮރިން ސެކްރެޓަރީ ވިދާޅުވީ މޯދީގެ ދަތުރުފުޅުގެ ތާރީހުތައް ޑިޕްލޮމެޓިކް ޗެނަލްތަކުގެ ތެރެއިން ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށެވެ.



މިސްރީ ވިދާޅުވީ، ރައީސް މުއިއްޒު ވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ ވަފުދަށް އިންޑިއާގައި ލިބިވަޑައިގެންފައިވާ ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ. މިސްރީ މި ވާހަކަތައް ވިދާޅުވީ، މުޢިއްޒުގެ ދަތުފުޅާ ގުޅޭ ގޮތުން މީޑީއާއަށް މަޢުލޫމާތު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ މުޢިއްޒުގެ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާތަކުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އާ އުސްމިންތަކެއް ގެންދެވޭނެ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ރައީސް މުޢިއްޒުގެ ރަސްމީ މަޝްވަރާތައް ބާއްވަވާފައި ވަނީ ހައިދަރުއާބާދު ހައުސްގައެވެ. އިންޑިއާގެ ވަފްދުގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާއި ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ވެސް ހިމެނިވަޑައިގަތެވެ.



More from Kaafu Online