ޓާޓާ ޓްރަސްޓްސްގެ އާ ޗެއާޕާސަން ކަމަށް ނޯއެލް ޓާޓާ

Fri, 11 Oct 2024 07:36 PM

View on this article on Kaafu Online

ރަޓަން ޓާޓާ އަވަހާރަވުމާ ގުޅިގެން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނޯއެލް ޓާޓާ އަކީ ޓާޓާ ޓްރަސްޓްސްގެ އާ ޗެއާޕާސަން ކަމަށް އިންތިޚާބު ކޮށްފިއެވެ. ޓާޓާ ޓްރަސްޓްސް އަކީ އިންޑިއާގެ އެންމެ ބޮޑު ވިޔަފާރި ގްރޫޕްތަކުގެ ތެރެއިން އެއް ގްރޫޕް ކަމަށްވާ ޓާޓާ ސަންސްގެ %66 ހިއްސާ އޮންނަ ކުންފުނީގެ ބަލަދުވެރި ފަރާތެވެ. އުމުރުން 76 އަހަރުގެ ނޯއެލް ޓާޓާ އާއި  ރަޓަންއާއި ސިމޯން ޓާޓާގެ ބައްޕައަކީ، ނަވަލް ޓާޓާއެވެ.



ޓާޓާ ޓްރަސްޓްސްއާއި ޓާޓާގެ ގިނަ ކުންފުނިތަކުގެ ބޯޑުގައި އޭނާ ހިމެނިވަޑައިގަންނަވާއިރު، ދެން އޭނާ މަސައްކަތް ކުރައްވާނީ ޓާޓާ ކުންފުނީގެ ޗެރިޓީތައް ލީޑް ކުރެއްވުގައެވެ.

ނޯއެލް ޓާޓާއަކީ ޓާޓާ އިންޓަނޭޝަނަލް ލިމިޓެޑާއި ވޯލްޓާސް އަދި ޓާޓާ އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ޗެއާމަންގެ އިތުރުން ޓާޓާ ސްޓީލް އެންޑް ޓައިޓަން ކޮމްޕެނީ ލިމިޓެޑްގެ ވައިސް ޗެއާމަން ވެސްމެއެވެ.

އަދި ޓާޓާގެ ފޭރާންއުފެއްދުމުގެ ރީޓެއިލް ކުންފުނި ޓްރެންޓް ލިމިޓެޑްގެ އިސްވެރިޔަކީވެސް އޭނާ އެވެ. 2014 ވަނަ އަހަރު އޭނާ ކުންފުންޏާ ހަވާލުވިފަހުން، އެއީ ބޮޑު ކުރިއެރުމެއް ލިބިފައިވާ ކުންފުންޏެކެވެ. ވެސްޓްސައިޑް، ޒޫޑިއޯ އަދި އުޓްސާ ފަދަ ކާމިޔާބު ފެޝަން އަދި ލައިފްސްޓައިލް ރީޓެއިލް ވިޔަފާރިތައް އެކުންފުނިން ކުރެއެވެ.

2010އިން 2021 އަށް ނޯއެލް ޓާޓާ ހިންގި ގްރޫޕްގެ ގްލޯބަލް ޓްރޭޑިން އެންޑް ޑިސްޓްރިބިއުޝަން ކުންފުނި، ޓާޓާ އިންޓަނޭޝަނަލް ގެ އާމްދަނީ 500 މިލިއަން ޑޮލަރުން 3 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވެ އެވެ.

ހުކުރު ދުވަހު ސީއެންބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓާޓާ ޓްރަސްޓްސްގެ ޗެއާމަންގެ މަގާމަށް ނޯއެލް ޓާޓާ ހޮވާފައިވަނީ އިއްތިފާގުންނެވެ.



More from Kaafu Online