ލޯ ސީޒަން އިޙުސާސް ވާން ފަށައިފިއެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.7 ޕަސެންޓަށް ދަށަށް ހިނގައްޖެއެވެ. މިނިސްޓްރީ އޮފް ޓުރިޒަމްއިން ހާމަ ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ޒިޔާރަތް ކޮށްފައި ވަނީ 782889 ފަތުރުވެރިންނެވެ.
މިއަހަރުގެ 24ވަނަ ދުވަހާ ހަމައަށް ނަގާފައިވާ ތަފާސްހިސާބު ދައްކާ ގޮތުން މިހާތަނަށް 94604 މީހުން ޒިޔާރަތް ކޮށްފައި ވެއެވެ. ނިސްބަތުން ދުވާލެއްގެ މައްޗަށް 5437 މީހުން ޒިޔާރަތް ކޮށްފައި ވެއެވެ. އަދި އެމީހުން އެވަރެޖުކޮށް 7.8 ދުވަސް ރާއްޖޭގައި ހޭދަ ކުރެއެވެ.
ފަތުރުވެރިން ޒިޔާރަތް ކުރާ ނިސްބަތް ދަށަށް ދިޔަ ނަމަވެސް ރާއްޖެއަށް އާދަވެގެން މީހުން އަންނަ ގައުމުތައް އަދިވެސް އުޅެނީ އެ ތަރުތީބުގައެވެ. އެގޮތުން އެންމެ ގިނައިން މީހުން އަންނަނީ ރަޝިޔާއިންނެވެ. އެއަށް ފަހު ޖެހިގެން އިންޑިއާ އަދި ޔޫކޭއާއި އިޓަލީއާއި ޖަރމަނީއެވެ.
ފަތުރުވެރިންނަށް ރާއްޖޭގައި ހުރި އެނދުގެ އަދަދަކީ، 60،734 އެވެ. އެއީ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުގައި ހުރި އެނދުގެ އަދަދެވެ.
މޭ މަހުން ސެޕްޓެމްބަރު މަހަށް ރާއްޖޭގައި އުޅޭނީ ލޯ ސީޒަންއެވެ.
The post ލޯ ސީޒަން ފެށިގެން ފަތުރުވެރިކަން ދަށް ވެއްޖެ first appeared on ކާފު އޮންލައިން.