ދެކުނު އެމެރިކާގައި ގައުމުތަކާއި ރައްޔިތުންގެ މެދުގައި އިޒްރޭލު އެހާ މަގްބޫލެއް ނޫނެވެ. އެ ގައުމުތަކުގެ މީހުން ދެކެނީ އިޒްރޭލަކީ އުދުވާނީ ޒަޔަނިސްޓް ނަސްލީ ތަފާތުކުރުން ބޮޑު ދައުލަތެއް ކަމަށެވެ.
އެއާ ޚިލާފަށް އީރާނަކީ އެ ސަރަހައްދުގައި އާދަޔާ ޚިލާފަށް މަގްބޫލު ގައުމެކެވެ. އީރާނުން އެސަރަހައްދުގައި ސޮފްޓް ޑިޕްލޮމެސީއަށް މާގި ކަންތައްތަކެއް ނުކުރި ނަމަވެސް އެހިސާބުގެ މީހުން އީރާނާ މެދު ހަމްދަރްދީ ވެއެވެ.
އީރާނަށް އެންމެ ބޮޑަށް ސަޕޯޓު ކުރާ ދެ ގައުމަކީ ވެނެޒުއެލާއާއި ނިކަރާގުއާއެވެ. އީރާނގެ ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހިޔާން ވަނީ ފެބްރުއަރީ މަގު އެގައުމުތަކަށް ޒިޔާރަތް ކުރައްވައި ސަގާފީ އަދި އިގްތިސާދީ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ.
ކޮލަމްބިއާ އަކީ ކުރިން އިޒްރޭލަށް ތާއީދު ކުރި ގައުމެކެވެ. އެގައުމުގެ ސަރުކާރު ބަދަލު ވުމާއެކު މިހާރު ވެރިކަމުގައި އޮތް ވާތު ފިޔައިގެ ސަރުކާރުންވެސް ތާއީދު ކުރަނީ އީރާނަށެވެ.
ކޮލަމްބިއާގެ މިހާރުގެ ސަރުކާރުން ބުނާ ގޮތުގައި ގައްޒާގައި އީރާނުން ހިންގަނީ ގަތުލުއާންމު ތަކެކެވެ. އަދި އީރާނަކީ ނަސްލީ ތަފާތު ކުރުން ގެން ގުޅޭ ސަރުކާރެއް ކަމަށެވެ.
އީރާނަށް ތާއީދު ކުރާ ފަރާތްތަކަކީ އެންޓިސެމެޓިކް އަދި ޓެރަރިޒަމަށް ވާގިވެރިވާ ފަރާތްތަކެއް ކަމަށް ބުނެ އިޒްރޭލުން ލޭބަލްކޮށް ދެކޮޅުވެރިކަމުގެ ކެމްޕޭން ކުރަމުން ދެއެވެ.
The post ދެކުނު އެމެރިކާގައި އިޒްރޭލުގެ މަގްބޫލުކަން ގެއްލިއްޖެ first appeared on ކާފު އޮންލައިން.